ދިވެހި ނޫސްވެރިކަމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ "ހައްދުން ނެއްޓުން" ކަމަށް ސަރުކާރުން ބުނެފިއެވެ.
ބައިނައްލަޢުވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ، ރައީސުލްޖުމްހޫރީއްޔާގެ ފަރާތްޕުޅުން ނޫސްވެރިންނަށް މަރުހަބާ ކިޔުމަށް ފަހު ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން މީގެ އަހަރުތަކެއް ކުރިން ފެށިގެން އޮތީ އޭގެ ހުދޫދުން ނެއްޓިފައި ކަމަށެވެ.
Noosverikamuge dhuvahuge thahniyaa emmehaa noosverinnaai media gai ulhuvvaa emmehaa faraaiythakah Raeesuljumhooriyyaa ariskuravvaa.
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) May 3, 2017
1/5
މުއާޒް ވިދާޅުވީ ނޫސްވެރިކަމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ "ހައްދުން ނެއްޓުން" ކަމަށެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަން ހަގީގީ މިނިވަން ކަމުގެ މިންގަނޑުގެ ތެރެއަށް ހެޔޮވަރު ކުރުމަކީ މިއަދު ރާއްޖޭގެ ނޫސްވެރިކަމަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުއާޒް ވިދާޅުވިއެވެ.
Noosverikamuge therein meehunge aburaai insaany karaamaaiy rakkaatheri kurumugai Raajje vany bodethi kurierun thakeh haasilu kohfai.
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) May 3, 2017
2/5
މުއާޒް ވިދާޅުވީ ނޫސްވެރިކަމުގެ ތެރެއިން މީހުންގެ އަބުރާއި އިންސާނީ ކަރާމާތް ރައްކާތެރި ކުރުމުގައި ރާއްޖެ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮންކުރިއެރުންތަކެއް ކަމެއް މުއާޒް ވިދާޅެއް ނުވެއެވެ.
Dhivehi noosverikamuge minivankan meege aharuthakeh kurin feshigen othee eyge 'haddhun' nettifai. Noosverikamah miadhu dhimaavefaivaa..
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) May 3, 2017
3/5
މީގެއިތުރުން މުއާޒް ވިދާޅުވީ މާޒީގައި ނޫސްވެރިންނާއި ނޫސްއިދާރާތަކަށް ދެވިފައިވާ ހަމަލާތައް ސަރުކާރުން ކުށްވެރި ކުރާ ކަމަށާއި މިނިވަން ނޫސްވެރިކަމަށް މަރުހަބާ ކިޔާ ކަމަށް މުއާޒް ވިދާޅުވެފައިވެއެވެ،
Maazeegai noosverinnaai noos idhaaraa thakah dhevifaivaa hamalaa thah sarukaarun kuhverikoh, minivan noosverikamah maruhabaa kiyan" -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) May 3, 2017
5/5
ނޫސްވެރިންނަށާއި ނޫސް އިދާރާތަކަށް މާޒީގައި ދީފައިވާ ހަމަލާތައް ސަރުކާރުން ކުއްވެރިކުރާއިރު ރާއްޖެޓީވީ ރޯ ކޮއްލި މައްސަލާގައި މިއަދާ ހަމައަށް ރާއްޖެޓީވީ އަށް އިންސާފް ލިބިފައެއް ނުވެއެވެ. ނޫސްވެރިންނަށް ދީފައިވާ ހަމަލާތައް ސަރުކާރުން ކުއްވެރި ކުރާއިރު ރާއްޖެޓީވީގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށް މިހާރުވެސް ވަނީ ދައުވާތަކެއް އުފުލާފައެވެ. އަދި ރާއްޖެޓީވީ ވަނީ އަބުރުރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައެވެ.