Advertisement
ކ. މާލެ
|
3 މެއި 2017 | ބުދަ 16:57
ޔާމީން ރަޝިދު
ޔާމީން ރަޝިދު
ޓްވިޓަރ
ޔާމީން މަރާލުން
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ހައްޔަރު ކުރީ ކާކުކަމެއް ފުލުހުން ނުބުނޭ
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރީ ސަރުކާރު ކުންފުންޏެއްގެ މުވައްޒަފަކު
މި މައްސަލައިގައި އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވޭ

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު (ޗަނބޭލީގެ/ ސ.ފޭދޫ، 29އ) ގެ މަރުގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކުރި ނަމަވެސް، ފުލުހުން ބުނީ މިކަމާއި ގުޅިގެން އެއްޗެއް ބުނެވެސް ނެތް ކަމަށެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތްކުރާ މުވައްޒަފެކެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާއިރު މިއީ މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި ދެވަނަ މީހާއެވެ.

މުހައްމަދު ދިފްރާން ދިރިއުޅޭ ގެ، މ. އަފްސާނާގެ ބަލައި ފާސްކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މުހައްމަދު ދިފްރާނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އާދީއްތަ ދުވަހުގެރޭ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވާކަން އާއިލާއަށް އެންގީ ހޯމަދުވަހު ހެނދުނު 11 ޖަހާކަންހާއިރުއެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު، ފުލުހުން ވަނީ ހޯމަ ދުވަހު މެންދުރު އޭނާ ދިރިއުޅޭ ގެ، މ. އަފްސާނާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައެވެ. އަފްސާނާގެއަކީ ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނު މ. ސްޕެކްޓިއުލާގޭ ކައިރީގައި ހުންނަ ގެއެކެވެ.

އަފްސާނާގެ ބަލައިފާސްކުރީ ދިފްރާނު އެގެއަށް ގެންގޮސް އޭނާގެ ހާޒިރުގައެވެ. ފުލުހުން ވަނީ އެ ގެ ބަލައިފާސްކުރުމަށްފަހު ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ތޮތްޕެއްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދިފްރާން ދިރިއުޅެމުންދިޔަ ގެ ބަލައި ފާސްކުރުމަށް ފުލުހުން ހޯދާފައިވާ ކޯޓް އަމުރުގައި ބުނެފައި ވަނީ، ޔާމީން ރަޝީދުގެ ފަހަތުން ފާރަލަމުން ގޮސް، އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާ ގޭގެ އެތެރެއަށް ޔާމީން ވަނުމުން، އޭނާ ހިފަހައްޓައި އޭނާއަށް ތޫނު ހަތިޔާރުން ހަމަލާ ދިނުމުގެ ސަބަބުން، ޔާމީން ރަޝީދު ނިޔާވެފައިވާ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
3 މެއި 2017 | ބުދަ 14:44
އައްޑޫ މީހެއް...
މިފަދަ ނަލަ ކޮއްޔާ ހައްގަކާއި ނިލާއި މަރަފިޔަ...ހިތް ފަޑަގެން އެބޭވަރަ ތެބެވެއި...:
3 މެއި 2017 | ބުދަ 14:42
އައްޑޫ މީހެއް...
ވޯޓް ކަވަރި ވީމެއި އައްޑޫ މީހުން ހައްލާއް ވެގެން....ހައްޔަރަކެރަނީ ވޭލެ ކެޑެކުން ދޫކޮށްލާށިޔަ...މިކަމާއި ގުޅުން ނެތް މީހުން ހައްޔަރަ ކެރަނީ...އަފިރން ދުވަހަކި ހެއުނިވޭހެއް މި ސަރުކާރަކަށް...ސަލާމް...
3 މެއި 2017 | ބުދަ 14:14
ޢާއިލާ
ފޭކު.ޖައްސަނީ.،.މީހުން އޮޅުވަން.އައްޑޫން ވޯޓް ހަރާމުން ހަރާން....ހުވައި ބިއްލާހި ނިދޭށުމާ...