Advertisement
ކ. މާލެ
|
3 މެއި 2017 | ބުދަ 05:14
އައްޑޫ ސިޓީ ހިތަދޫ ބޭއްވި އެމްޑީޕީ ޖަލްސާގައި ޝަހިދު ވާހަކަ ދައްކަވަނީ
އައްޑޫ ސިޓީ ހިތަދޫ ބޭއްވި އެމްޑީޕީ ޖަލްސާގައި ޝަހިދު ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ކައުންސިލް އިންތިހަބް
ލާމަރުކަޒީ ނިޒާމް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހިލާލާފައި: ޝާހިދު
ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫ ކައުންސިލް ވަނީ ގިނަ ތަރައްޤީގެ މަސައްކަތްތަށް ކުރިއަށް ގެންގޮސްފައި
ރައީސް ޔަމީންގެ ސަރުކާރުން އައްޑޫ ސިޓީއަށް މާބޮޑު ސަމާލުކަމެއް ނުދޭ
އައްޑޫ ސިޓީގެ ނަރުދަމާގެ ޙިދުމަތް އަދިވެސް ނުލިބޭ

އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ ބާރުވެރިކަން ކަށަވަރުކުރުމަށް ގެނައި ލާމަރުކަޒީ ނިޒާމް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ "ހިލާލާފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

 

"ލާމަރުކަޒީ ރާއްޖެ" ނަމުގައި އެމްޑީޕީން އަންގާރަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީ ކައުންސިލަށް ލިބުނު ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ރައްޔިތުންގެ ބާރުވެރިކަމާއި އެކު ސިޓީ ކައުންސިލަށް ފުރިހަމަ ޒިންމާ އަދާކުރެވުނު ކަމަށެވެ. އެހެންނަމަވެސް މިއަދު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުން ލާމަރުކަޒީ ނިޒާމް ހިލާލައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

 

އައްޑު ސިޓީގައި މިހާރު ތަރައްޤީގެ މަޝްރޫއުތަށް ކުރިއަށް ނުދާކަން ފާހަގަކުރަމުން ޝާހިދު ވިދާޅުވީ އައްޑޫގެ އެކި ސަރަހައްދުތަކަށް ބަލާލުމުން މިހާރު ވެސް ފެންނަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ސިޓީ ކައުންސިލުން އައްޑޫގެ ތަރައްޤީއަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށެވެ.

 

 

 

 

ކައުންސިލްތަކުގެ ބާރުވެރިކަން ސަރުކާރުން ހަނި ކުރުމުންވެސް "ލަމާރުކަޒީ ނިޒާމްގެ" ދިފާއުގައި މަސައްކަތް ކުރެއްވި އައްޑޫ ސިޓީގެ ކައުންސިލް މެމްބަރުންނަން ޝާހިދު ވަނީ ޝުކުރުދަންނަވާފައެވެ. މިއަދު މި ނިޒާމް ދިފާއުކުރުމަށް ކުރެވެން އޮތް މަސައްކަތަކީ އެމްޑީޕީގެ ކެނޑިޑޭޓުންނަން ވޯޓް ދީ ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ނެގުން ކަމަށް ވެސް ވިދާޅުވިއެވެ.

 

ޝަހިދު ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު ގާނޫނު އަސާސީގައި ލާމަރުކަޒީ ނިޒާމްގެ ބާރުވެރިކަން ގެނައީ ރައްޔިތުންގެ ވެރިންނަން ރައްޔިތުން އެދޭ ބަޔަކު އިންތިހާބް ކުރުމުގެ ފުރުޝަތުދީ، ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުންނަން ދިނުމަށް ކަމަށެވެ.

 

ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލުމަށް ފަހު އަތޮޅުތެރޭގެ ރަށްތަށް ތަރައްޤީ ކުރައްވަން ބޭނުންވަނީ ސަރުކާރުގެ ވަޒީރުން ފިނިކޮޓަރީގައި ތިބެގެން ކަމަށެވެ. މިސާލު ޖައްސަވާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އައްޑޫ ސީޓީ ނަރުދަމާ އާއި ފެނުގެ ނިޒާމް ތާއާރަފް ކުރުމަށް ސަރުކަރުން ތިން ފަރަރެއްގެ މަތިން ރަސްމިޔާތު ބާއްވާއިފިވާ ކަމަށެވެ. އެހެންނަމަވެސް އައްޑޫގެ ނަރުދަމާގެ ނިޒާމްގެ ޙިދުމަތް އަދިވެސް ރައްޔިތުންނަން ނުލިބޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް