Advertisement
ކ. މާލެ
|
2 މެއި 2017 | އަންގާރަ 22:39
ރައީސް އޮފީސް - ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލިމީހާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ
ރައީސް އޮފީސް - ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލިމީހާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ
ރާއްޖެއެމްވީ
ބިއްލޫރިގަނޑު ތަޅާލުން
ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މީހާ ގޭ ބަންދަށް ބަދަލުކޮށްފި
އޭނާ ގޭބަންދަށް ބަދަލުކުރީ މަހެއްހާ ދުވަހު ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު
ގޭ ބަންދަށް ބަދަލުކުރީ 10 ދުވަހަށް
ފުލުހުން ގެންދަނީ އަދިވެސް މައްސަލަ ތަހުޤީޤްކުރަމުން

ރައީސް އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި މީހާ ގޭބަންދަށް ބަދަލުކޮށްފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިގެން ހައްޔަރުކުރި އުމުރުން 43 އަހަރު ދިވެހި ފިރިހެންމީހާ ގޭ ބަންދަށް ބަދަލުކުރީ މިދިޔަމަހުގެ 27 ވަނަދުވަހުކަމަށެވެ. އަދި އޭނަ ގޭބަންދަށް ބަދަލުކުރީ، 10 ދުވަހަށްކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

 

މަންޒަރު ދުށް މީހަކު ބުނީ ރައީސް އޮފީހުގެ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ ގާބުރިއަކުން ޖަހައި ކަމަށެވެ. އަދި އެ މީހާ ބިއްލޫރިގަނޑާ ދިމާލަށް ގާބުރި އެއްލީ ހުރަވީ ބިލްޑިންގ ކައިރީގައި ހުރެ ކަމަށް ވެސް އެ މީހާ މައުލޫމާތު ދިނެވެ. ތަޅާލާފައިވަނީ ރައީސް އޮފީހުގެ އަމީރު އަހުމަދު މަގާވީ ފަޅީގައި ހުރި ކުޑަދޮރެއްގެ ބިއްލޫރިގަނޑެވެ.

 

ބިއްލޫރިގަނޑު ތަޅާލި މައްސަލަ ފުލުހުން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް