ކ. މާލެ
|
2 މެއި 2017 | އަންގާރަ 20:01
ހިބާ އަލް ޒައިދް
ހިބާ އަލް ޒައިދް
ގޫގުލް
ހިބާ އަލް ޒައިދް
ނުބުނެ ޓީވީ ޕްރޮގްރާމަކަށް އެރުމުން ލައިވް ޓީވީގައި ވަރިކޮށްފި
 
ވަރި ކުރީ ފިރިމީހާގެ ހުއްދަ ނުހޯދައި ޓީވީ ޕްރޮގްރާމެއް ހުށަހަޅައިދޭން އެރުމުން ލައިވް ޓީވީގައި  ފޯނުން ގުޅައިގެން

މިސްރުގެ އަންހެން ޓީވީ ޕްރެޒެންޓަރަކު އޭނާގެ ފިރިމީހާގެ ހުއްދަ ނުހޯދައި ޓީވީ ޕްރޮގްރާމެއް ހުށަހަޅައިދޭން އެރުމުން ލައިވް ޓީވީގައި  ފޯނުން ގުޅައި އޭނާ ވަރިކޮށްފިއެވެ.

މިސްރުގެ ޓީވީ ޗެނަލެއް ކަމަށްވާ އެލްޓީސީގައި  ޕްރެޒެންޓަރ ހިބާ އަލް ޒައިދް ވާހަކަ ދައްކަމުން ދިޔައީ ވެސް އެގައުމުގައި ވަރި ގިނަވުމާ ބެހޭގޮތުންނެވެ.

ފިރިމީހާ: "ކީއްވެ އަހަރެންގެ ހުއްދަ ނުނަގާ އޮންއެއަރ އަށް އެރީ؟"

ޕްރެޒެންޓަރ: "އަހަރެން އޮންއެއަރގަ ހުރެ ކަލޭގެ ފޯނަށް މި ޖަވާބުދިނީ އަހަރެން ކަލޭ ދެކެ ބިރު ގަންނާތީ"

އެއާއެކު "ތިހުރީ ވަރިކޮށްފަ" ކަމަށް ބުނެ ކުއްލިއަކަށްވަނީ ފޯނު ކަނޑާލާފައެވެ.

ޕްރެޒެންޓަރ ފަހުން ބުނެފައި ވަނީ އެ ފޯން ކޯލް އޭނާއަށް ދިނީ ޕްރޮގްރާމްގެ މައުލޫއާ ބެހޭގޮތުން ވާހަކަދެއްކުމަށް ޕްރޮގްރާމްގެ ޕްރޮޑަކްޝަން ޓީމުން ކަމަށެވެ.

ހިބާ އަލް ޒައިދް ބުނެފައި ވަނީ އޭނާ އެކަން ކުރީ ވަރިއާ ބެހޭ ގޮތުން "ޕްރެކްޓިކަލް ގޮތެއްގައި" އޭނާގެ ޚިޔާލު ފާލުކުރުމަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
100%
0%
ކޮމެންޓް