ކ. މާލެ
|
27 ފެބްރުއަރީ 2021 | ހޮނިހިރު 15:52
ޗައިނާގެ ވީގްރޫ މުސްލިމުންގެ އެއްވުމެއްގައި އެގައުމުގެ ފުލުހުން ހަރަކާތްތެރިވަނިކޮށް
ޗައިނާގެ ވީގްރޫ މުސްލިމުންގެ އެއްވުމެއްގައި އެގައުމުގެ ފުލުހުން ހަރަކާތްތެރިވަނިކޮށް
އިންޑިއާ ޓައިމްސް
ޗައިނާގެ ވީގްރޫ މުސްލިމުން
ޗައިނާއިން ވީގްރޫ މުސްލިމުންނާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށި ކޮށްފި
ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ޗައިނާއިން ވީގްރޫ މުސްލިމުންގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެފައި
މީގެ ކުރިން ވެސް ޗައިނާއިން ވަނީ ވީގްރޫ މުސްލިމުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި

ޗައިނާގައި ދިރިއުޅޭ ވީގްރޫ މުސްލިމުންނާއި ދެކޮޅަށް އެގައުމުން އަޅަމުން ގެންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ޗައިނާއިން ވަނީ އެގައުމުގެ ސިންޖިއާން ޕްރޮވިންގްސްގައި ދިރިއުޅޭ ވީގްރޫ މުސްލިމުން ދިގު މުއްދަތައް ޖަލަށް ލުމާއި، ޕެރޯލްގެ ފުރުސަތު ނުދިނުމާއި،ފުލުހުންނާއި ނޭނގެ އަވަށުން ބޭރަށް ގޮސްފިނަމަ ބޮޑު އަދަދުން ޖޫރިމަނާ ކުރުން ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

ޗައިނާގެ ސިންޖިއާން ޕްރޮވިންސްގައި 250،000 މީހުން ދިރިއުޅެމުން އަންނައިރު، ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ޗައިނާއިން ވީގްރޫ މުސްލިމުންގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެފައެވެ.

މީގެ ކުރިން ވެސް ޗައިނާއިން ވަނީ ވީގްރޫ މުސްލިމުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޗައިނާގެ މިސްކިތްތައް ބަންދުކޮށް ރޯދަ ހިފުން މަނާ ކޮށްފައިވެއެވެ. އެއާއިއެކު މުސްލިމް ގައުމުތަކުގެ އިތުރުން ޔުނައިޓެޑް ނޭޝަންސްގެ ސަމާލުކަމަށްވެސް މިކަން ވަނީ އައިސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް