Advertisement
ކ. މާލެ
|
2 މެއި 2017 | އަންގާރަ 18:25
ރިލްވާން ދައްތަ (ކަނާތްފަރާތުގައި): ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ހޯދާދިނުމުގެ މަސައްކަތުގައި
ރިލްވާން ދައްތަ (ކަނާތްފަރާތުގައި): ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ހޯދާދިނުމުގެ މަސައްކަތުގައި
ރާއްޖެ އެމްވީ
ރިލްވާން މައްސަލަ
ރިލްވާން ވަގަށްނެގި މައްސަލާގައި ފުލުހުން މައުމޫމާތު ހިއްސާ ނުކުރާތީ ކޯޓަށް ހުށަހަޅައިފި
ކޯޓަށް ހުށަހެޅީ ފުލުހުން ރިލްވާނުގެ އާއިލާއަށް މައުލޫމާތު ހިއްސާ ނުކުރާތީ ކަމަށް އާއިލާއިން ބުނޭ
ރިލްވާން ވަގަށް ނެގިތާ މިހާރު 995 ދުވަހަށް ވުރެ ގިނަ ދުވަސް މިވަނީ ފާއިތުވެ ގޮސްފަ

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ މައުލޫމާތު ފުލުހުން އައިލާ ހިއްސާ ނުކުރާތީ އާއިލާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

 

ރިލްވާނުގެ ގާތްއެކުވެރިޔާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު އަވަސް ކޮށްދެއްވުމަށާއި ތަހުގީގުގައި ބޭރުގެ ތަޖުރިބާރުންގެ އެހީތެރިކަން ބޭނުން ކުރުމަށް އެދި ޔާމީން ރަޝީދުގެ އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުން ފުލުހުންނަށް ހުށަހެޅި 811 އެއްހާ ސިޓީ ފުލުހުންގެ އިދާރާއަށް ހަވާލު ކުރުމަށް ގޮސްހުރި ވިލްވާންގެ ދައްތަ "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ބުނީ، ރިލްވާންގެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް އަދި އެކަމުގެ މައުލޫމާތެއް ފުލުހުން ރިލްވާނުގެ އާއިލާއާ ހިއްސާކޮށްފައިނުވާ ކަމަށެވެ.

 

އެހެންކަމުން ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަގީގުގާއި އެމައްސަލައިގެ މައުލޫމާތު އާއިލާއަށް ހިއްސާކޮށްފައިނުވާ އެމައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

 

ރިލްވާނުގެ ދައްތަ ބުނީ އެމައްސަލަ ކޯޓަށް ހުށަހަޅާފައިވާތާ ދުވަސް ކޮޅެއް ވެއްޖެ ކަމަށާއި މިހާތަނަށް އެއްވެސް ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިނުވާކަމަށެވެ. ނަމަވެސް ކޯޓަށް އެމައްސަލަ ހުށަހެޅި ފަހުން ރިލްވާނުގެ އާއިލާގެ ފަރާތުން ބަޔާނެއް ނެގުމަށް ބޭނުންވާކަމަށް ފުލުހުން ބުނި ނަމަވެސް އެބަޔާން މިހާތަނަށް ނަގާފައިނުވާ ކަމަށްވެސް ރިލްވާނުގެ ދައްތަ ބުންޏެވެ.

 

ބަޔަކު މީހުން ރިލްވާން ވަގަށް ނަގާފައިވަނީ އޯގަސްޓް 08، 2014 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މިހާރު އެމައްސަލައަށް 995 ދުވަސް ފާއިތުވެފައިވާއިރު، ވިލްވާން ވަގަށްނެތި މައްސަލައިގެ ހަގީގަތެއް ހޯދިފައެއް ނުވެއެވެ. ހުޅުމާލޭގައި ރިލްވާން އަރުވައިގެން ދުއްވި ކަމަށްބުނާ ކާރުގެ ތެރެއިން ފެނުނު ސާމްޕަލްތަކުގެ ޑީއެންއޭ ރިލްވާންއާ ދިމާވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް