ކ. މާލެ
|
25 ފެބްރުއަރީ 2021 | ބުރާސްފަތި 21:54
ކަސްޓަމަރުންގެ ބޭނުންތަކަށް ފުދޭނެހެން ފުރިހަމަ އިންޝުއަރަންސް ހައްލު ހޯދައިދޭ،
ކަސްޓަމަރުންގެ ބޭނުންތަކަށް ފުދޭނެހެން ފުރިހަމަ އިންޝުއަރަންސް ހައްލު ހޯދައިދޭ،
އެލައިޑް އިންޝުއަރެންސް
އަޔާދީ ތަކާފުލްއަށް ކާމިޔާބު 7 އަހަރު
"އަޔާދީ ތަކާފުލް" ކާމިޔާބު 7 އަހަރު ފުރިހަމަކުރުން!
 
2016 ވަނަ އަހަރު އަޔާދީއިން ވަނީ އިސްލާމިކް ލައިފް އިންޝުއަރަންސް؛ "ފެމެލީ ތަކާފުލް"ގެ ހިދުމަތް ވެސް ފަށާފައި
 
ފާއިތުވެ ދިޔަ 7 އަހަރު ތެރޭގައި އަޔާދީއިން ވަނީ ބޮޑު ކުރިއެރުންތަކެއް ހޯދާފައި
 
އަޔާދީ ތަކާފުލްއަކީ ރާއްޖޭގައި އެންމެ ފުރަތަމަ މިޚިދުމަތް ދޭން ފެށި ދިވެހި ކުންފުނި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމިކް އިންޝުއަރަންސްގެ ޚިދުމަތް ދެމުން އަންނަ އެލައިޑް އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" ކާމިޔާބު 7 އަހަރު ފުރިހަމަކޮށްފިއެވެ.

ކަސްޓަމަރުންގެ ބޭނުންތަކަށް ފުދޭނެހެން ފުރިހަމަ އިންޝުއަރަންސް ހައްލު ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ގޮފީގެ ގޮތުގައި ތައާރަފުކޮށްފައިވާ "އަޔާދީ ތަކާފުލް" އަކީ ރާއްޖޭގައި އެންމެ ފުރަތަމަ މިޚިދުމަތް ދޭން ފެށި ދިވެހި ކުންފުންޏެވެ.

ފާއިތުވެ ދިޔަ 7 އަހަރު ތެރޭގައި އަޔާދީއިން ވަނީ ބޮޑު ކުރިއެރުންތަކެއް ހޯދާފައެެވެ. އެކުންފުނިން ބުނީ މިކާމިޔާބީގެ އަސްލަކީ އިތުބާރާއި އެކު އަޔާދީއިން ޚިދުމަތް ހޯދަމުންދާ ކަސްޓަމަރުން ކަމަށެވެ. އެގޮތުން ކުންފުނީގެ ހަޔާތުގައި ފާހަގަކޮށްލެވޭ މަރުހަލާތަކަށް ބަލާލާއިރު، އަޔާދީއިން ފަރުމާކޮށްގެން ފޯރުކޮށްދެމުން އަންނަ "ހައްޖު އަދި އުމްރާ ތަކާފުލް" ޚިދުމަތަށް 2017 ވަނަ އަހަރުގެ އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިޔާ (އިފްސާ) އެވޯޑްސް ހަފްލާގައި ވަނީ ގޯލްޑް ޕްރޮޑަކްޓް އޮފް ދަ އިޔަރ އެވޯޑް ހާސިލްކޮށްފައިވެއެވެ. އަދި ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ މިއެވޯޑު ހަފްލާގައި، ސަރަހައްދީ މައިދާނުގެ ކުންފުނިތަކާއި ވާދަކޮށް 2016، 2017، 2018 އަދި 2019 ގައި ވެސް އަޔާދީއިން ވަނީ ތަކާފުލް ވިންޑޯ އަދި ޔުނިޓް އޮފް ދަ އިޔަރ އެވޯޑް ހޯދާފައި ކަމަށް އެކުންފުނިން ބުނެއެވެ.

2016 ވަނަ އަހަރު އަޔާދީއިން ވަނީ އިސްލާމިކް ލައިފް އިންޝުއަރަންސް؛ "ފެމެލީ ތަކާފުލް"ގެ ހިދުމަތް ވެސް ފަށާފައެވެ. ބޮޑު ތަރުހީބެއް ލިބެމުން އަންނަ މިޚިދުމަތަކީ ވެސް ރާއްޖޭގައި އަލަށް ފެށިގެން މިއަަދާ ހަމައަށްވެސް އަޔާދީއިން އެކަނި ފޯރުކޮށްދެމުން އަންނަ ޚިދުމަތެކެވެ. މީގެ އިތުރުން، އެލައިޑް އިންޝުއަރަންސުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއްގެ އިސްލާމިކް އިހްތިޔާރީ އަޔާދީއިން ލިބެން ހުރެއެވެ. އޭގެ ތެރޭގައި އޮންލައިންކޮށް www.myallied.mv ޕޯޓަލް އާއި އެލައިޑް އެޕްއިން ވަގުތުން ލިބެން ހުންނަ ޚިދުމަތްތައް ވެސް ހިމެނެއެވެ.

އެލައިޑް އިންޝުއަރަންސުން ބުނެފައިވަނީ އެކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތާކާފުލް ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދަމުންދާ ކާމިޔާބީތަކާއި މެދު ފަހުރުވެރިވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް އިތުރު ކުރިއެރުމާއި އެކު ފާގަތި ދުވަސްތަކަކަށް އެދޭ ކަމަށެވެ. އަދި އިސްލާމިކް ފައިނޭންސިންގ ދާއިރާގެ ކުރިމަގު ބިނާކުރުމަށް އަޔާދީއިން ކުރަމުންދާ މަސައްކަތްތަކަށް އެލައިޑުން ވަނީ މަރުހަބާ ކިޔާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް