ކ. މާލެ
|
18 ފެބްރުއަރީ 2021 | ބުރާސްފަތި 07:05
އުރީދޫގެ 5ޖީ ނެޓްވޯރކްއާ އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ޚިދުމަތް މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައިވޭ
އުރީދޫގެ 5ޖީ ނެޓްވޯރކްއާ އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ޚިދުމަތް މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައިވޭ
އުރީދޫ
އުރީދޫ 5ޖީ ގެ ހަލުވި ސްޕީޑްތައް
އުރީދޫ 5ޖީގެ ހަލުވި ސްޕީޑްތައް، އެސް 21ގެ ސީރީސްތަކަށް!
 
އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބޭނެ
 
މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ތަޖުރިބާ ކުރެވޭނެ
 
އިންޓަނެޓް ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަ ވެގެންދާނެ

އުރީދޫ 5ޖީ ގެ ހަލުވި ސްޕީޑްތައް، ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ގެންގުޅޭ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ލިބޭނެ ކަަމަށް އުރީދޫއިން ބުނެފިއެވެ.

ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ގެންގުޅޭ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި 5ޖީގެ ހަލުވި ސްޕީޑްތައް މިހާރު ލިބޭނެއެވެ.

އުރީދޫގެ 5ޖީ ނެޓްވޯރކް އާއި އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ޚިދުމަތް މާލޭގެ ބޮޑު ސަރަހައްދަކަށް ވަނީ ތައާރަފްކޮށްފައިވެއެވެ. މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތަކާއި ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމަނާފައިވެއެވެ.

އުރޫދޫއިން ބުނީ 5ޖީ ޓެކްނޮލޮޖީއާ އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓް ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަ ވެގެންދާނެއެވެ. ގެންގުޅޭ ފޯނަށް 5ޖީގެ ހަލުވި ސްޕީޑްގެ އިންޓަނެޓް ލިބޭއިރު، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ތަޖުރިބާ ކުރެވޭނެއެވެ. އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯޑްކޮށްލަން ވިޔަސް ނުވަތަ ސްޓްރީމް ކޮށްލަންވިޔަސް މާ ގިނަވަގުތު ނުނަގާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ސެމްސަންގ ގެލެކްސީ އެސް 21 ޕްލަސްއާ ބެހޭ އިތުރު މައުލޫމާތުhttp://ore.do/s21މިލިންކުން ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
50%
0%
50%
0%
0%
ކޮމެންޓް