ދަތުރުކުރަމުންދިޔަ ލޭންޑިންގ ކްރާފްޓެއް، ރީތި ބީޗް ރިސޯޓްގެ އިރުދެކުނުގައި އޮތް ފަރަކަށް އަރައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި، "ސީ ޕްރޯ ލޭންޑިންގ ކްރާފްޓް" ނަމަކަށްކިޔާ އެ ލޭންޑިންގ ކްރާފްޓް އުރި ދިޔަވަމުންދާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ އަންގާރަ ދުވަހުގެ ރޭ 2:59 ހާއިރުކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
![](https://dyncz33htw1ec.cloudfront.net/posts/fxHVYpNreoi2EEtTbhUX.jpg)
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ، އެ ލޭންޑިންގ ކަރާފްޓްގައި ތިބީ ދެ ދިވެހިންނާއި ތިން ބިދޭސީންނާއެކު ޖުމްލަ ފަސް މީހުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، ކޯސްޓް ގާޑުގެ ޑައިވަރުން ގެ އިތުރުން ލޭންޑިންގ ކްރާފްޓްގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއް ވެސް ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.