ކ. މާލެ
|
16 ފެބްރުއަރީ 2021 | އަންގާރަ 19:45
ކަސްޓަމްސްއިން އަތުލައިގަތް ފައިސާތައް- މި ފައިސާގެ އަގު ދިވެހި ރުފިޔާއިން ބަލާނަމަ މިލިއަނަކަށްވުރެ މަތި
ކަސްޓަމްސްއިން އަތުލައިގަތް ފައިސާތައް- މި ފައިސާގެ އަގު ދިވެހި ރުފިޔާއިން ބަލާނަމަ މިލިއަނަކަށްވުރެ މަތި
ކަސްޓަމްސް
ރާއްޖެއިން ފައިސާތަކެއް ބޭރުކުރުން
ރާއްޖެއިން ފައިސާތަކެއް ބޭރުކުރަން އުޅެނިކޮށް ހިފަހައްޓައިފި، ފައިސާގެ އަގު މިލިއަން ރުފިޔާއަށްވުރެ މަތި
މި ފައިސާގެ އަގު 1،148،278.27ށް އަރާ
އޭނާއަތުން ހޯދާފައިވާ ފައިސާއަކީ ކަސްޓަމްސްއަށް ރިޕޯޓް ކޮށްފައިވާ ފައިސާއެއް ނޫން
އެއީ އުމުރުން 34 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް

ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ހިފަހައްޓައިފިއެވެ.

އެކަމާ ގުޅިގެން ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނީ، ފައިސާތައް ހޯދާފައިވަނީ މިދިޔަ ހުކުރު ދުވަހު ބަންގްލަދޭޝްގެ ޑާކާއަށް ފުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ފްލައިޓަކުން ފުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިޔަ އުމުރުން 34 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ކަމަށެވެ.

ޤާނޫނޫ ނަމްބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން 10،000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި އަދި ބޭރު ފައިސާ ރާއްޖެއިން އެތެރެކޮށް ނުވަތަ ބޭރުކުރާނަމަ ކަސްޓަމްސްއަށް ޑިކްލެއަރ ކުރަންޖެހެއެވެ. އެހެންނަމަވެސް، އޭނާއަތުން ހޯދާފައިވާ ފައިސާއަކީ ކަސްޓަމްސްއަށް ރިޕޯޓްކޮށްފައިވާ ފައިސާ ނޫންކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި މި ފައިސާގެ އަގު 1،148،278.27 (އެއް މިލިއަން އެއްލައްކަ ސާޅީސް އަށްހާސް ދުއިސައްތަ ހަތްދިހަ އަށް ރުފިޔާ ހަތާވިސް ލާރި) އަށް އަރާ ކަމަށެވެ.

- ކޮމެންޓް
20 ފެބްރުއަރީ 2021 | ހޮނިހިރު 15:20
ރާގުންޑާ
ނޭވާހޮޅި ވައްކަމުގެ ަފއިސާތަ! ފްލެޓް ވައްކަމު ފައިސާތަ؟ ވަގުންތައް އެބަހުއްޓެއްނު ފޯރި.