ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 22:19
ރާއްޖެ އައިސްފައިވާ ފަތުރުވެރިންތަކެއް ވީއައިއޭގައި
ރާއްޖެ އައިސްފައިވާ ފަތުރުވެރިންތަކެއް ވީއައިއޭގައި
ވެލާނާ އެއާޕޯޓް
ރާއްޖެ އަންނަ ފަތުރުވެރިން
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެއްދުވަހަށް 4850ށް ވުރެ ގިނަ ފަތުރުވެރިން
 
ފެބްރުއަރީ މަހުގެ ފުރަތަމަ 14 ދުވަހު ރާއްޖެ އައިސްފައި ވަނީ 46،809 ފަތުރުވެރިން
 
ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 138،912 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި
 
އެއްދުވަހެއްގެ ތެރޭ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން މީގެ ކުރިން ރާއްޖެ އައިސްފައި ވަނީ ފެބްރުއަރީ 12 ވަނަ ދުވަހު

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ފެބްރުއަރީ 14 ވަނަ ދުވަހު އައިސްފައިވާއިރު، އެދުވަހު ރާއްޖެއަށް 4856 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިން ރާއްޖެއަށް އެއްދުވަހެއްގެ ތެރޭ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ ދުވަހެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ފާހަގަކޮށްފައި ވަނީ ފެބްރުއަރީ 12 ވަނަ ދުވަހެވެ. އެދުވަހު 4809 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 138،912 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އޭގެ ތެރެއިން 92،103 ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ޖެނުއަރީ މަހުއެވެ. އަދި ފެބްރުއަރީ މަހުގެ ފުރަތަމަ 14 ދުވަހު ރާއްޖެ އައިސްފައި ވަނީ 46،809 ފަތުރުވެރިންނެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 22.2 އިންސައްތަ ރަޝިއާއިން ހިއްސާކުރާއިރު، އެގައުމުން 30،499 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި 21.6 އިންސައްތަ ހިއްސާކުރާ އަވައްޓެރި އިންޑިއާއިން ރާއްޖެ އައިސްފައި ވަނީ 30،295 ފަތުރުވެރިންނެވެ.

މިހާރު ރާއްޖެއަށް 3087 ފަތުރުވެރިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަ އިރު، ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ހޭދަކުރަނީ ނުވަ ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް