ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 12:16
މީގެކުރިން ބޭއްވި ރިޔާސީ އިންތިޚާބުގައި އޮފިޝަލުން ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ،
މީގެކުރިން ބޭއްވި ރިޔާސީ އިންތިޚާބުގައި އޮފިޝަލުން ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ،
އިލެކްޝަންސް ކޮމިޝަން
ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުން
ލޯކަލް ކައުންސިލް އިންތިޚާބުގައި ހަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދަނީ
މާރިޗް 06ން މާރިޗް 13ށް ޓީ.އޯ.ޓީ ޕްރޮގްރާމެއް މާލޭގައި ކުރިއަށް ގެންދާނެ
ޓީ.އޯ.ޓީ ފުރިހަމަ ކުރާ ފަރާތްތަކާއެކު އިގުރާރު ކުރެވޭނެ
މިމަހުގެ 18ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދަން އިއުލާން ކޮށްފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ 33 (ތިރީސް ތިނެއް) ޓްރޭނަރުން ހޯދުމަށް ބޭނުންވާ ކަމަށެވެ.

އީސީން ބުނީ އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް މާރިޗް 06ން މާރިޗް 13ށް ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

އީސީން ބުނީ ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީ.އޯ.ޓީގެ ޚަރަދުތައް ހަމަޖައްސާނެ ކަމަށާއި، ޓީ.އޯ.ޓީ ފުރިހަމަ ކުރާ ފަރާތްތަކާއެކު އިގުރާރު ކުރެވޭނެ ކަމަށެވެ. އަދި ތަމްރީނުކުރުމުގައި އަތޮޅުތަކާއި، ސިޓީތަކުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/1000 (އެއްހާސް) ރުފިޔާގެ އުޖޫރައެއް ދެވޭނެ ކަމަށާއި، ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމު ފުރިހަމަ ކުރުމުން -/1800 (އެއްހާސް އަށްސަތޭކަ) ގެ އުޖޫރައެއް ދެވޭނެ ކަމަށް ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން އީސީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 18ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ.

ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، އުގަންނައި ދިނުމުގެ ފަންނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދޭއިރު، 2020 ވަނަ އަހަރު ތަމްރީން ލިބިފައިވާ ޓްރެއިނަރުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށް އީސީން ބުނެއެވެ.

- ކޮމެންޓް