ކ. މާލެ
|
1 މެއި 2017 | ހޯމަ 20:08
މެގަ މޯލްޑިވްސް ފްލައިޓް
މެގަ މޯލްޑިވްސް ފްލައިޓް
ގޫގުލް
މެގަ މޯލްޑިވްސް
މާދަމާއިން ފެށިގެން މެގަ މޯލްޑިސްގެ ދަދުރުތައް ވަގުތީ ގޮތުން ހުޓާލަނީ
 
އަލުން އެ އެއާލައިނުން ޚިދުމަތް ދޭނެ ދުވަހެއް ބުނެފައެއް ނުވޭ
 
މެގަ މޯލްޑިވްސްގެ ދަތުރުތައް ފަށާފައިވަނީ 2010 ވަނަ އަހަރުގައި

މޭ މަހުގެ 2 ދުވަހުން ފެށިގެން މެގަ މޯލްޑިވްސްއިން ދެމުންގެންދާ ޚިދުމަތް ވަގުތީގޮތުން ހުއްޓާލަން ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މެގަ މޯލްޑިވްސްއިން ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ އެއާލައިނުގެ ފްލައިޓް ދަތުރުތައް ހުއްޓާލިއަސް އިދާރީ މަސައްކަތް ކުރިއަށް ދާނެކަމަށެވެ. އެ އެއާލައިނުން ބުނެފައިވަނީ ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް މުޅިން އާ އަދި ފެންވަރު ރަނގަޅު ބޯޓުތަކަކާ އެކު ދަތުރުތައް ފެށުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ ބަދަލުތަކުގެ ދަށުން އެ ކުންފުނީގެ އޯނަޝިޕް ރީސްޓްރަކްޗާކުރުމާއި ކަސްޓަމަރުން ބޭނުންވާނެ ފަދަ ޚިދުމަތްތައް ރަނގަޅު ކުރުމާއި މިހާރު ބޭނުންކުރާ ބޯޓުތަކުގެ ހާލަތު ބަލައި، އެންމެ އެކަށީގެންވާ އާ ބޯޓުތައް ހޯދުން ފަދަ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ކަސްޓަމަރުން ބޭނުންވާނެ ފަދަ ޚިދުމަތްތައް ރަނގަޅު ކުރުމާއި މިހާރު ބޭނުންކުރާ ބޯޓުތަކުގެ ހާލަތު ބަލައި އެންމެ އެކަށީގެންވާ އާ ބޯޓުތައް ހޯދުން ފަދަ މަސައްކަތްތައް  ކުރިއަށް ގެންދާނޭ ކަމަށެވެ. 

މެގަމޯލްޑިވްސްއިން ދެމުންގެންދާ ޚިދުމަތް ވަގުތީގޮތުން ހުއްޓާލަން ހަމަޖެހިފައިވާކަމަށް  ބުނެފައިވީ ނަމަވެސް އަލުން އެ އެއާލައިނުން ޚިދުމަތް ދޭނެ ދުވަހެއް ބުނެފައެއް ނުވެއެވެ. 

މެގަ މޯލްޑިވްސްގެ ދަތުރުތައް ފަށާފައިވަނީ 2010 ވަނަ އަހަރުގައެވެ. މިހާތަނަށް އެ އެއާލައިނުން ވަނީ 50 މަންޒިލަކަށް ދަތުރުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް