Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 14:08
ބޯޓެއް ފަރަށް އަރާފައި
ބޯޓެއް ފަރަށް އަރާފައި
އެމްއެންޑީއެފް
ބޯޓެއް ފަރަށް އެރުން
އިންޑިއާ ބޯޓެއް ރާއްޖޭގެ ފަރަކަށް އަރައިފި
އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ
ބޯޓުގައި ތިބީ އިންޑިއާގެ އަށް ރައްޔިތަކު
ބޯޓް ފަރަށް އެރީ ހދ. ކުޅުދުއްފުށިން މާލެ އަންނަނިކޮށް

ހދ.ކުޅުދުއްފުށިން ފުރައިގެން މާލެ ދަތުރުކުރި މުދާ އުފުލާ އިންޑިއާގެ ބޯޓެއް ކ.ހެލެނގެލި ރިސޯޓްގެ ދެކުނަށް އޮންނަ ފަރުގެ އިރުމަތީފަރާތަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ އިންޑިއާ ބޯޓެއް ފަރަށް އަރާފައިވާ ކަމުގެ ރިޕޯޓް ލިބުމާއެކު އެ ބޯޓަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ތަރުކާރީއާއި ބައެއް އާންމު މުދާ ހިފައިގެން ދަތުރުކުރި "އެމްއެސްވީ ދައުލަ 1" ނަމަކަށްކިޔާ ބޯޓް ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ފަތިހު 5:10 ހާއިރު ކަމަށެވެ. މި ހާދިސާގެ މައުލޫމާތު އެމްއާރުސީސީއަށް ލިބުމުން ޑައިވަރުންގެ ޓީމަކާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓެއް އެ ބޯޓް އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އިންޑިއާގެ އަށް ރައްޔިތަކު ދަތުރުކުރި މި ބޯޓަކީ 35 މީޓަރުގެ ބޯޓެކެވެ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުން ކްލިއަރެންސް ހެދުމަށްފަހު މާލެ ދަތުރުކުރި މި ބޯޓް ފުންކުރުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި ބޯޓްގެ ވެރިފަރާތް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްޑީއެފުން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް