Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 04:41
ކުޑަކުއްޖެއް: ޖިންސީ އަނިޔާގެ 50 މައްސަލަ ހުށަހެޅުނު
ކުޑަކުއްޖެއް: ޖިންސީ އަނިޔާގެ 50 މައްސަލަ ހުށަހެޅުނު
ގޫގުލް
ޖިންސީ ގޯނާގެ މައްސަލަ
ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި
މުޅި ޖުމްލަ 279 މައްސަލަ ހުށަހެޅުނު
އޭގެ ތެރެއިން 50 އިންސައްތައަކީ ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއާއި ގުޅޭ މައްސަލަތައް
ކުޑަކުދިންނަށް އިހުމާލުވުމުގެ 41 މައްސަލަ ހުށަހެޅިފައިވޭ

މިދިޔަ މާޗް މަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 50 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

 

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީން ބުނީ މާޗްމަހު އެ މިނިސްޓްރީއަށް 279 މައްސަލަ އެއް ހުށައެޅިފައިވާއިރު އޭގެ ތެރެއިން 50 އިންސައްތައަކީ ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއާއި ގުޅޭ މައްސަލަތައް ކަމުގައެވެ. އަދި އެއީ 142 މައްސަލަކަމަށް އެ މިނިސްޓްރީން ބުނެއެވެ. ކުޑަކުދިންނާއި ގުޅޭގޮތުން އެންމެ ގިނައިން ހުށައަޅާފައިވަނީ ޖިންސީ އަނިޔާގެ މައްސަލަތައްކަމަށާއި އެއީ 50 މައްސަލަ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އޭގެ ތެރެއިން 40 މައްސަލައަކީ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

 

މީގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ 41 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 26 މައްސަލައަކާއި ނަފްސާނީ އަނިޔާގެ 23 މައްސަލައެއްގެ އިތުރުން ހަނގާކުރުމުގެ އެއް މައްސަލަ ހުށައެޅިފައިވާކަމަށްވެސް ޖެންޑަ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އަންހެނަކަށް ވީތީ އަނިޔާކޮށްގެން 44 މައްސަލަ ހުށަހަޅާފައިވާއިރު ޖިސްމާނީ އަނިޔާކޮށްގެން 21 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

 

މީގެ އިތުރުން ނަފްސާނީ އަނިޔާ ދިނުމާއި ބިރު ދެއްކުމާއި ޖިންސީ އަނިޔާކޮށްގެން ވެސް މައްސަލަތައް ހުށަހަޅާފައިވެ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށް ނުދީގެން 11 މައްސަލަ ހުށަހަޅާފައިވާއިރު އަމިއްލަ ނަފްސަށް ގެއްލުން ދީގެން ހަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް