ކ. މާލެ
|
31 ޖެނުއަރީ 2021 | އާދީއްތަ 21:09
ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހަކު ގއ ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަނީ - ފައިލް
ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހަކު ގއ ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަނީ - ފައިލް
ނާފިއު ރަޝީދު
ކޮވިޑް-19
ކޮވިޑް-19 އަށް ފަރުވާ ދެމުންދިޔަ ދިވެއްސަކު ނިޔާވެ، އަދަދު 52 އަށް
މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ވެސް ވަނީ ކޮވިޑް ޖެހިގެން 86 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައި
މި ބަލީގައި މިހާތަނަށް ރާއްޖޭގައި ނިޔާވެފައި ވަނީ 45 ދިވެހިންނާއި ހަތް ބިދޭސީން
އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު

ކޮވިޑު-19 ޖެހިގެން ރާއްޖޭގައި އިތުރު ދިވެއްސަކު ނިޔާވެ، މިބަލީގައި ނިޔާވި މީހުންގެ އަދަދު 52 އަށް އަރައިފިއެވެ.

މިކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެއްސެކެވެ.

ކޮވިޑް ޖެހިގެން މިއަދު މީހަކު ނިޔާވެފައިވާ އިރު، މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ވެސް ވަނީ ކޮވިޑް ޖެހިގެން 86 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައެވެ. އެއާއެކު މި ބަލީގައި މިހާތަނަށް ރާއްޖޭގައި ނިޔާވެފައި ވަނީ 45 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑުގެ ކޭސްތަކުގެ ރެކޯޑް ކުރާ އަދަދު މިދިޔަ ޑިސެމްބަރު މަހު ދަށަށް ދިޔައިރު، އެކަމުގައި ރައްޔިތުންނަށް ވެސް ވަނީ ގިނަ ލުއިތަކެއް ލިބިދީފައެވެ. ނަމަވެސް މި ޖެނުއަރީ މަހު ކޮންމެ ދުވަހަކުވެސް ކޭސްތަކުގެ އަދަދު އިތުރުވެ، ފާއިތުވި ހަފްތާގައި ވަނީ ޖެހިޖެހިގެން ފަސް ދުވަހު ސަތޭކައިން މައްޗަށް އަދަދުތައް އަރައިގެން ގޮސްފައެވެ.

- ކޮމެންޓް