Advertisement
ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 18:44
ފަނޑިޔާރުންތަކެއް: މާލެ ތެރޭގެ ހާލަތު ގޯސްވާތީ ސަލާމަތީ ކަންކަމާއި މެދު ކަންބޮޑުވުން ފާޅުކުރި
ފަނޑިޔާރުންތަކެއް: މާލެ ތެރޭގެ ހާލަތު ގޯސްވާތީ ސަލާމަތީ ކަންކަމާއި މެދު ކަންބޮޑުވުން ފާޅުކުރި
ރާއްޖެއެމްވީ
ފަނޑިޔާރުންގެ ސެކިއުރިޓީ
ސެކިއުރިޓީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި
ސަލާމަތީ ކަންކަން ރޭވިފައިވާ ގޮތާމެދު ފަނޑިޔާރުންގެ ހިތްހަމަނުޖެހުން
ސެކިއުރިޓީ އޮފިސަރުން އިތުރުކޮށް، ގޭގެ ބޭރުގައި ފޯރި މަރާނެ
ޔާމީންގެ މަރާއެކު ސަލާމަތާ މެދު ރައްޔިތުންގެ ކަންބޮޑުވުން

ސަލާމަތީ ކަންކަން އިންތިޒާމް ކުރެވިފައިވާ ގޮތާއި މެދު ބައެއް ފަނޑިޔާރުން ހިތްހަމެނުޖެހުން ފާޅުކުރެއްވުމުން، ސަލާމަތީ ކަންކަން ކުރިއަށް ވުރެ ވަރުގަދަ ކޮށްފި އެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ ތެރޭގެ ހާލަތު ގޯސްވެ، އަމިއްލަ ހަށި ފުރާނައިގެ ރައްކާތެރިކަން ކަށަވަރުނުވާ ކަމަށް ވިދާޅުވެ ބައެއް ފަނޑިޔާރުން ވަނީ ސަލާމަތީ ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

 

މައުލޫމާތު ލިބޭ ގޮތުގައި ސަލާމަތާ މެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ސުޕީރިއާ ކޯޓްތަކުގެ ފަނޑިޔާރުންނެވެ. 

 

ފަނޑިޔާރުންގެ ކަންބޮޑުވުންތައް އެހެން ހުރުމާ ގުޅިގެން، މިދިޔަ ހަފްތާގެ ތެރޭގައި ސުޕީރިއާ ކޯޓްތަކުގެ ފަނޑިޔާރުންގެ ސަލާމަތީ ކަންކަން ވަނީ ކުރިއަށް ވުރެ ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ސެކިއުރިޓީއަށް ކަނޑައަޅާފައިވާ އެމްއެންޑީއެފްގެ އޮފިސަރުންގެ އަދަދު އިތުރުކޮށް، ފަނޑިޔާރުން ދިރިއުުއްވާ ގެކޮޅުގެ ބޭރުގައި ފޯރިމަރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ފަނޑިޔާރުން ތަންތަނަށް ވަޑައިގަތުމަށް ވެހިކަލް ހަމަޖައްސައިދިނުމަށް ކޯޓްތަކަށް ވަނީ އަންގާފަ އެވެ.

 

ސަލާމަތީ ކަންކަމާ މެދު ފަނޑިޔާރުން ކަންބޮޑުކޮށްފައި މިވަނީ، ރަހުމުކުޑަ ހަމަލާއެއްގައި މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލާފައިވާ ދަނޑިވަޅެއްގަ އެވެ. ޔާމީން މަރާލިތާ ހަފްތާއެއްވީއިރުވެސް، އެ އަނިޔާވެރި ހަމަލާދިން މީހުން އަތުލައިގަނެވިފައި ނުވެ އެވެ. ނަމަވެސް ފުލުހުން ބުނެފައިވާ ގޮތުގައި އެއީ ކޮންބައެއްކަން ވަނީ ދެނެގަނެވިފަ އެވެ.

 

މީޣެ އިތުރުން، ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށް ތަހުގީގު ދަނީ ހިންގަމުންނެވެ. އަދި މާލޭގެ ފަސް ތަނަކަށް ބޮމުގެ ހަމަލާދޭން ބޮން ތައްޔާރުކުރަން ތިބި ބަޔަކު އަތުލައިގަނެ އެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
30 އޭޕްރިލް 2017 | އާދީއްތަ 23:44
އލމ
ބަލަ ސްޕްރިމްކޯޓްގެ ފަނޑިޔާރު އަރީފް އަޅުގަނޑަށް އަބަދުވެސް ފެންނަނީ އަނބިކަނބަލުންނާއި އެކުގަވެސް ސައިކަލްގައި މާލޭގެ އެކިތންތަނަށް ވަޑައިގެން ވ ސާދާކޮން އުޅުއްވާތަން ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ވެސް ހަމަ އެގޮތަށް އުޅުއްވަނީ އެހެންވީމަ އާދައިގެ ކޯޓްތަކުގައި ތިޔަވިދާޅުވާ ގާޒީންނަށް އެގޮތަށް އުޅުއްވަން ނުކެރެނީ ކަންތަށްކުރޭވެނީ އިންސާފްއިން ނޫންކަން އަމިއްލަފުޅަށް ގަބޫލުކުރެވެނީނޫންބާ؟
30 އޭޕްރިލް 2017 | އާދީއްތަ 15:11
ޢަލީ
މުސްކުޅިން ބުނެ އުޅޭ ވަގުންގެ ފޮށި ބާރަށް ބަންނާނެޔޭ