Advertisement
ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 16:34
ތަކަންދޫން އެމްޑީޕީގެ ވަފުދަށް ހޫނު މަރުހަބާއެއް ކިޔަނީ
ތަކަންދޫން އެމްޑީޕީގެ ވަފުދަށް ހޫނު މަރުހަބާއެއް ކިޔަނީ
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިހާބު
ތަކަންދޫން އެމްޑީޕީގެ ވަފުދަށް ހޫނު މަރުހަބާއެއް
ޓީމްގައި އިސްކޮށް ހުންނެވީ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
ދޮރުން ދޮރަށް ހިނގުމަށް ވަނީ ހަމަޖެހިފައި
ކައުންސިލް އިންތިހާބު އޮންނާނީ މެއި 6 ގައި

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތަށް ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވަފުދު ހއ. އަތޮޅު ތަކަންދޫއިން ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔާފިއެވެ.

 

އެމްޑީޕީގެ ވަފުދު ތަކަންދޫއަށް ވަޑައިގެންނެވީ އާދީއްތަ ދުވަހު  11:00 ގައެވެ. އެމްޑީޕީގެ ވަފުދުގައި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އިތުރުން އެޕާޓީގެ ގައުމީ މަޖިލީހީގެ މެމްބަރުން ހިމެނެއެވެ.

 

ތަކަންދޫ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނާއި އެމްޑީޕީގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައްދަލުކޮށްފައި ވަނީ އެޕާޓީގެ އެމްޑީޕީގެ ޖަގަހާގައެވެ.

 

މި ދަތުރުގައި ތަކަންދޫގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ތާއިދު އެމްޑީޕީގެ ކެންޑިޑޭޓުންނަން ހޯދުމަށް ދޮރުން ދޮރަށް ހިނގުމަށް ވަނީ ނިންމާފައެވެ. އެއްފަހު އެމްޑީޕީގެ ވަފުދު ދެން ވަޑައިގަންނަވީ އެ އަތޮޅު މުރާދޫއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް