Advertisement
ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 14:28
 ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު
ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު
ޓްވިޓަރ
ކައުންސިލް އިންތިޚާބު
ކައުންސިލް އިންތިޚާބަށް ފުރިހަމައަށް ތައްޔާރު، ޓީމްތައް އަތޮޅުތަކަށް ފުރައިފި: ފުލުހުން
ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އަތޮޅުތެރެއަށް ދާ ޓީމްތައް އާދިއްތަ ދުވަހުގެ ހެނދުނު ފުރައިފި
އިންތިޚާބުގައި ހަރަކާތްތެރިވާ ފުލުހުންނަށް އެއްބާރުލުން ދިނުން މުހިއްމު
މޭމަހުގެ 5 ވަނަ ދުވަހުގެ މެންދަމުންފެށިގެން މިހާރަށް ވުރެ ސެކިއުރިޓީ ޓައިޓް ކުރާނެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވެ ނިމިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

 

ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ވެރިޔާ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އަތޮޅުތެރެއަށް ދާ ޓީމްތައް އާދިއްތަ ދުވަހުގެ ހެނދުނު ފުރާފައިވާކަމަށެވެ. އަދި އިންތިޚާބާއި ގުޅިގެން ފުލުހުންގެ ޓީމްތަކަށް ދޭންޖެހޭ އެންމެހާ ތަމްރީނުތައް ދީފައިވާކަމަށެވެ.

 

ހަމްދޫން ވިދާޅުވީ، ލޯކަލް ކައުނސިލް އިންތިޚާބަކީ އެންމެ ގިނަ ކެނޑިޑޭޓުން ބައިވެރިވާ ބޮޑު އިންތިޚާބަކަށް ވާތީ، މި އިންތިޚާބު އަމާން އޮމާން ކަމާއި އެކީ ގެންދިއުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

 

"މި އިންތިޚާބުގައި އަޅުގަނޑުމެން ހަމައެކަނި ބަލާނީ އިންތިޚާބުގެ ސެކިއުރިޓީ އެކަންޏެއް ނޫން. އެހެނިހެން ކަންކަންވެސް އަޅުގަނޑުމެން ބަލާނެ" ހަމްދޫން ވިދާޅުވިއެވެ.

 

ހަމްދޫން ވިދާޅުވީ އިންތިޚާބުގެ ވޯޓް ކަރުދާސްތައް ޕްރިންޓް ކުރާން ފެށި ހިސާބުން ފެށިގެން ވޯޓްލުމާހަމަށް އެ ކަރުދާސްތައް ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދަނީ ފުލުހުންކަމަށެވެ.

 

އަދި މި އިންތިޚާބުގައި ބައިވެރިވާ ބޭރުގެ އޮބްޒާވަރުންގެ ސެކިއުރިޓީގެ ކަންކަންވެސް ބަލަހައްޓަމުންދާނީ ފުލުހުންކަމަށް އޭނާ ވިދާޅުވިއެވެ.

 

އަންނަ މޭމަހުގެ 6 ދުވަހު ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓްލުން ފަށެމަށް ހަމަޖެހިފައިވާއިރު، މޭމަހުގެ 5 ވަނަ ދުވަހުގެ މެންދަމުންފެށިގެން މިހާރަށް ވުރެ ސެކިއުރިޓީ ޓައިޓް ކުރާނެކަމަށްހަމްދޫން ވިދާޅުވިއެވެ.

 

އިންތިޚާބުގައި ހަރަކާތްތެރިވާ ފުލުހުންނަށް އެއްބާރުލުން ދީ، އެބޭފުޅުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް މި އިންތިޚާބަކީ ވީހާވެސް ސުލްހަވެރި އިންތިޚާބަކަށް ހެއްދެވުމަށް މަސައްކަތް ކޮށްދެއްވުމަށް ހުރިހާ  ރައްޔިތުންގެ ކިބައިން އެދޭކަމަށް ފުލުހުން   ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް