Advertisement
ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 04:42
ޤާސިމް މިވަގުތުވެސް އޮންނެވީ ޖަލުގައި
ޤާސިމް މިވަގުތުވެސް އޮންނެވީ ޖަލުގައި
ރާއްޖެ އެމްވީ
ޤާސިމް ހައްޔަރުކުރުން
ޤާސިމް ދޫކޮށްލުމަށް ގޮވާލާ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަނީ
ޕެޓިޝަން ތައްޔާރު ކުރަން ފެށީ މާމިނގިލީގައި
އދ އަތޮޅު އެހެން ރަށްރަށުގައިވެސް ދަނީ ޕެޓިޝަންގައި ސޮއި ކުރަމުން
މަޖިލީހަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށްވެސް ޕެޓިޝަން ހުށަހަޅާނެ

ދެވަނަ ފަހަރަށް ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.


ޤާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމްގެ އުފަން ރަށް މާމިނގިލީ ރައްޔިތުން އިސްވެ ތައްޔާރުކުރާ މި ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަން ހޮނިހިރު ދުވަހު ފެށިއިރު ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ މާމިނގިލީ ޖޭޕީ ހަރުގޭގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެޓިޝަނުގައި ސޮއި ކުރުމުގެ ކަންކަން މާމިނގިލީގައި ކުރިއަށްދާއިރު އެ އަތޮޅުގެ އެހެން ރަށްރަށުގައި ވެސް ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.


ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ގާސިމް ހައްޔަރުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. ޖެހިގެން އައި ދުވަހު ގާސިމުގެ ބަންދުގެ މުއްދަތުވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ.

އޭގެ ކުރިން ވެސް ގާސިމްވަނީ ހައްޔަރުކޮށްފައެވެ. މިމަހުގެ ހަ ވަނަ ދުވަހު ގާސިމް ހައްޔަރުކޮށްފައިވަނީ ވެސް ރިޝްވަތު ދިނުމާއި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ. ބަންދަށް ހަ ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވަނިކޮށް ގާސިމް މިނިވަންވީ ހައްޔަރު ކުރީ އިމްތިޔާޒު ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައެޅުމުންނެވެ.

ޤާސިމް މިވަގުތުވެސް ޖަލުގައި ހައްޔަރުކޮށްފައިވާއިރު ޤާސިމްގެ މައްޗަށް ކުރެވޭ ޝަރީޢަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ.

ޤާސިމް ދޫކޮށްލުމަށް ގޮވާލާ ޕެޓިޝަން ތައްޔާރުކުރުމުގެ އިތުރުން އެކަމާ ދެކޮޅަށް މާމިނގިއްޔާއި އެއަތޮޅު ގިނަ ރަށްރަށުގައި ދަނީ މުޒާހަރާވެސް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް