ކ. މާލެ
|
16 ޖެނުއަރީ 2021 | ހޮނިހިރު 22:26
ޑޮނާލްޑް ޓްރަމްޕް އަދި މެލީނިއާ ޓްރަމްޕް
ޑޮނާލްޑް ޓްރަމްޕް އަދި މެލީނިއާ ޓްރަމްޕް
ރޮއިޓަރސް
ޓްރަމްޕް ވައިޓްހައުސް އިން ނުކުމެވަޑައިގަތުން
ބައިޑަން ހުވާ ކުރައްވާއިރު ޓްރަމްޕު ހުންނާނީ ވޮޝިންގްޓަނުން ބޭރުގައި
ޓްރަމްޕް އަކީ ފާއިތުވި ގަރުނުގެ ތެރޭގައި އިންތިހާބީ ރައީސްގެ ހުވާ ކުރުމުގެ ރަސްމިޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާ ފުރަތަމަ ރައީސް
ޓްރަމްޕް ވައިޓްހައުސް އިން ނުކުތުމަށްފަހު ވަޑައިގަންނަވާނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ލީގަލް ރެޒިޑެންސް އަށް

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން މަގާމުގެ ހުވާ ކުރައްވާއިރު، މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުންނަވާނީ ވޮޝިންގްޓަނުން ބޭރުގައި ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ބުދަ ދުވަހު ހެނދުނު ޓްރަމްޕް ހެލިކޮޕްޓަރުގައި ވޮޝިންގްޓަނުން ނުކުމެވަޑައިގަންނަވޭނެއެވެ. މިއާއި އެކު ޓްރަމްޕް ވެގެން ދާނީ ފާއިތުވި ގަރުނުގެ ތެރޭގައި އިންތިހާބީ ރައީސްގެ ހުވާ ކުރުމުގެ ރަސްމިޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާ ފުރަތަމަ ރައީސަށެވެ.

ނަން ހާމަ ނުކުރުމަށް އެދި ޓްރިބިއުން ނޫހަށް މައުލޫމާތުދިން އޮފިޝަލް ވަނީ ޓްރަމްޕް ވައިޓްހައުސް އިން ނުކުތުމަށްފަހު ވަޑައިގަންނަވާނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ލީގަލް ރެޒިޑެންސަށެވެ.

ވޯޓަށް ފަހު ދެ މަސް ވަންދެން ވޯޓުގެ ނަތީޖާ ގަބޫލުނުކޮށް ނަތީޖާ ބަދަލު ކުރުމަށް ގިނަ މަސައްކަތްތަކެއް ޓްރަމްޕް ކުރައްވާފައިވާ އިރު، ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވުމަށް އެމެރިކާގެ ގިނަ ބަޔަކު ނޭދެއެވެ.

މީގެ އިތުރުން ބައިޑަން މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތާއި ދިމާކޮށް ވޮޝިންގްޓަންގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށްޓަކައި ވޮޝިންގްޓަނަށް 10 ހާސް ސިފައިން ނެރެފައިވާ ކަމަށް އެމެރިކާގެ ދިފާއި ވުޒާރާ ޕެންޓަގަން އިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
- ކޮމެންޓް