Advertisement
ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 16:12
ފައިލް ފޮޓޯ: މީގެކުރިން ކަނޑުމަތިން އޮޔާދަނިކޮށް ފެނުނު ލޯންޗެއް
ފައިލް ފޮޓޯ: މީގެކުރިން ކަނޑުމަތިން އޮޔާދަނިކޮށް ފެނުނު ލޯންޗެއް
ރާއްޖެއެމްވީ
ކަނޑުމަތީގެ ހާދިސާ
މަތިވެރިއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި
ލޯންޗު އަޑިއަށް ދިޔައީ ހުކުރު ދުވަހުގެރޭ
ލޯންޗުގައި ތިބި 3 މީހުން ވަނީ ސަލާމަތްކޮށްފަ
އަޑިއަށްދިޔަ ލޯންޗު ދަނީ އޮޔާ ދެމެމުން

މާލެއިން ފުރައިގެން އއ. މަތިވެރިއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެންގޮސް، އެ ލޯންޗު އަޑިއަށް ގޮސްފިއެވެ.

"ޖީ ތުރޯ"  ނަމަކަށް ކިޔާ ލޯންޗު އަޑިއަށް ދިޔައިރު އެ ލޯންޗުގައި ތިން މީހުން ތިބި ކަމަށާއި، މާލޭގެ ހުޅަނގުން، 18 މޭލު ބޭރުން އެމީހުން ކަނޑުމަތިން ނަގާފައި ވަނީ، އއ. ބޮޑުފުޅަދޫއިން ފުރައިގެން މާލެ ދަތުރުކުރި "ސައިރަން އޮފް ދަ ސީ" ނަމަކަށްކިޔާ ލޯންޗަކަށް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފްއިން ބުނީ، ހުކުރު ދުވަހުގެރޭ ލޯންޗު އަޑިއަށް ގޮސްފައިވަނީ އަލިހުރަސްކަނޑުން ދަތުރުކުރަމުންދަނިކޮށް، ކަނޑުމަތިން އޮޔާދިޔަ އެއްޗެއްގައިޖެހި ލޯންޗު ފަޅައިގެން ދިއުމުން ކަމަށެވެ. އަދި ލޯންޗު އަޑިއަށްގޮސް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރާ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފައި ވެއެވެ.

ލޯންޗުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުނެފައި ވަނީ، އަޑިއަށްދިޔަ ލޯންޗަކީ މަޑު ފެހިކުލައިގެ ދަވާދު ލާފައިވާ ލޯންޗެއްކަމަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް