ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 05:38
އެމްޑީޕީގެ ޗެއާޕަރސަން އަލްއުސްތާޛް ޙަސަން ލަތީފް
އެމްޑީޕީގެ ޗެއާޕަރސަން އަލްއުސްތާޛް ޙަސަން ލަތީފް
މުހައްމަދު ޝަރުހާން
ކައުންސިލް އިންތިޚާބު
ތާއީދާއި މެދު ޝައްކެއް ނެތް، މުހިއްމީ ވޯޓުލާން ނުކުތުން: ޙަސަން ލަތީފް
ރައްޔިތުންގެ ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި
އެމްޑީޕީން ދަނީ ކައުންސިލް އިންތިޚާބަށް ގިނަ ތައްޔާރީތަކެއް ވަމުން

އެމްޑީޕީއަށް ތާޢީދު އޮތް ކަމާއިމެދު ޝައްކެއް ނެތް ކަމަށާ، މިހާރު އެންމެ މުހިއްމީ ކައުންސިލްތަކުގެ ވޯޓުލުން އޮންނަ ދުވަހު، ވީހާވެސް ގިނަ ބަޔަނު ނުކުމެ ވޯޓުލުން ކަމަށް އެމްޑީޕީގެ ޗެއާޕަރސަން އަލްއުސްތާޛް ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

 

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިދިކޮޅު އެމްޑީޕީއިން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި އެ ކެނޑިޑޭޓުންގެ ކެމްޕެއިން ޓީމުތަކާއި އެކު ހުޅުމާލޭގައި ހުކުރުދުވަހުގެރޭ ބޭއްވި ބާބަކިއު ހަރަކާތުގައި ވާހަކަދައްކަވަމުން، ޙަސަން ވިދާޅުވީ، އިންތިޚާބަކީ، އިމްތިހާނެއްފަދަ އެއްޗެއް ކަމަށާ، އުމުރު ދުވަހު ކިޔެވި ނަމަވެސް، އިމްތިޙާނަށް ނުގޮސްފިނަމަ ކިޔެވި އެއްޗެއްގެ ނަތީޖާ ފެންނަން ނޯންނާނެ ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ކެމްޕެއިންކޮށް، ކިތަންމެހާ ތާއީދެއް ލިބުނު ނަމަވެސް، އެކަން ފެންނާނީ އިންތިޚާބުގައި ވޯޓުލާން ނުކުމެ ވޯޓު ލުމުން ކަމަށް ޙަސަން ވިދާޅުވިއެވެ.

 

"އިމްތިޙާނު ކާމިޔާބު ވަނީ އަލުގަނޑުމެންނަށް، އެ ޓެސްޓް ޕޭޕަރުގަ އަޅުގަނޑުމެން ލިޔާ އެއްޗަކުން. އޭގަ ރަނގަޅަށް ލިޔެވިއްޖެއްޔާ އަޅުގަނޑުމެންނަށް ރަނގަޅު މާކްސް ލިބިގެން މޮޅު ފާހެއް ލިބެނީ. ހަމައެހެންމެ އިންތިޚާބުގަވެސް، އަޅުގަނޑުމެންނަށް ވޯޓުފޮއްޓާ ހަމައަށްގޮސް، ވޯޓު ކަރުދާސްކޮޅުގާ ރަނގަޅު ފާހަގަޖަހާ ތަން އެއީ ވަރަށް މުހިއްމުތަނެއް. އެއީ ތިލަފަތް. ތިލަފަތަށް ވޯޓު ލީމަ އަޅުގަނޑުމެންނަށް މި އިންތިޚާބު ކާމިޔާބު ކުރެވެނީ. އެކަންކަން ކުރެވޭނީ ވޯޓު ފޮއްޓާ ހަމައަށް އަޅުގަނޑުމެން ގޮސްގެން" ޙަސަން ވިދާޅުވިއެވެ.

 

ވޯޓުލާ ދުވަހު ކޮންމެ މީހަކުވެސް އަމިއްލައަށް ވޯޓު ލުމުގެ އިތުރުން، ވޯޓު ނުލައި ތިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފަރުދީ ޒިންމާ އަދާ ކުރުމަށް ނުކުތުމަށް ހިތްވަރުދިނުމަށްވެސް ޙަސަން ގޮވާލެއްވިއެވެ.

 

ލޯކަލް ކައުންސިލް އިންތިޚާބަށް ވަރަށް ފުޅާ ދާއިރާއެއްގައި އެމްޑީޕީއިން ތައްޔާރުވަމުންދާއިރު، އެ ޕާޓީން ބުނީ ރައްޔިތުންގެ ބޮޑު ތާއީދެއް އިދިކޮޅު ކެނޑިޑޭޓުންނަށް އޮތް ކަމަށާ، އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ބޮޑު އުއްމީދެއް އޮތް ކަމަށެވެ.

- ކޮމެންޓް