ކޮވިޑް-19 އާ ގުޅިގެން އައު އާންމު ހާލަތުގައި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް ދިނުމަށް ވަގުތީގޮތުން ގައުމީ ކުތުބުޚާނާ ހުޅުވައިފިއެވެ.
ގައުމީ ކުތުބުޚާނާއިން ބުނީ ކޮވިޑް-19 އާ ގުޅިގެން މެދުކެނޑިފައިވާ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ (ސީ.އެމް.އެލް) ގެ ޚިދުމަތް ވަގުތީ ގޮތުން 10 ޖެނުވަރީ 2021 ން ފެށިގެން ކުތުބުޚާނާގެ އިމާރާތުން ދޭން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޚިދުމަތް ގައުމީ ކުތުބުޚާނާއިން ދެމުން ގެންދާނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި މި 3 ދުވަހުގެ މެންދުރު 12:00ން 15:00 ށެވެ.
ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލީ ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެންނެވެ. އަދި މިހާރު ކޭސްތައް މަދުވެ ސްކޫލުތަކުގައި ކިޔެވުން ފެށުމާއެކު ލައިބްރަރީގެ ޚިދުމަތް ދޭން ފެށި ނަމަވެސް ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.