ކ. މާލެ
|
10 ޖެނުއަރީ 2021 | އާދީއްތަ 09:31
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް
އެމްއެންޑީއެފް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ކޮވިޑް-19ށް ޕޮޒިޓިވް!
ކަރަންޓީން ކުރަން ޖެހޭ ފަރާތްތައް މިހާރު ވަނީ ކަރަންޓީން ކޮށްފައި
އިޖުތިމާއީ އެއްވެސް އެއްވުމުގައި ބައިވެރިވެވަޑައިގެންފައިނުވޭ
ރާއްޖެއިން ބޭރަށް ވެސް ވަޑައިގެންފައި ނުވޭ

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ޗީފް ކޮވިޑް-19ގެ އަލާމާތްތައް ހުރުމުން ހޮނިހިރު ދުވަހު ކޮވިޑް-19ށް ޓެސްޓު ކޮށްފައިވާ ކަމަށާއި، ނަތީޖާ ޕޮޒިޓިވް ކަމަށެވެ. އަދި ޗީފް މިހާރު ހުންނެވީ އަމިއްލަފުޅު ގޭގައި އައިސޮލޭޝަންގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ޗީފް ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީން ކުރަން ޖެހޭ ފަރާތްތައް ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

ޗީފް ޕޮޒިޓިވްވެފައިވީ ނަމަވެސް އިޖުތިމާއީ އެއްވެސް އެއްވުމުގައި ބައިވެރިވެވަޑައިގެންފައިނުވެއެވެ. އަދި ރާއްޖެއިން ބޭރަށް ވެސް ވަޑައިގެންފައި ނުވެއެވެ.

ކޮވިޑް-19އާ ގުޅިގެން ސިފައިން ފްރޮންޓްލައިން މަސައްކަތް ކުރަމުންދާއިރު، އެމްއެންޑީއެފުން ވެސް ވަނީ ބަލިން ރައްކާތެރިވުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.

- ކޮމެންޓް