ށ. ކަނޑިތީމު ފަޅުގައި އަޅާފައި އޮތް ޕެޓްރޯލް އުފުލާ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.
ފުލުހުން ބުނީ އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 22:45 ހާއިރު ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާއިރު އާންމުންނާއި ގުޅިގެން އެ ސަރަހައްދުގައި ހުރި ދޯނިތައް ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ށ. ކަނޑިތީމު ކައުންސިލް ރައީސް އައިމިނަތު އަހްމަދު ވިދާޅުވީ ދޯނީގައި އަލިފާންގަނޑު ވަރަށް ބޯޑަށް ރޯވެފައިވާ ކަަމަށާއި ޕެޓްރޯލް އުފުލާ ދޯންޏެއް ކަމުން ހުޅުގަނޑު ވަރަށް ބޮޑަށް ހިފާފައިވާ ކަމަށެވެ.
އައިމިނަތު އިތުރަށް ވިދާޅުވީ މިވަގުތު ހދ. ކުޅުދުއްފުށިން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމް އެރަށަށް ދަތުރުކުރަމުންދާ ކަމަށެވެ.