ކ. މާލެ
|
28 އޭޕްރިލް 2017 | ހުކުރު 17:44
އިލްކެޝަންސް ކަމިޝަންގެ އިދާރާ
އިލްކެޝަންސް ކަމިޝަންގެ އިދާރާ
ގޫގުލް
ކައުންސިލް އިންތިހާބު
އިލެކްޝަންސް ކަމިޝަނުން ކޮމްޕްލައިންޓްސް ބިއުރޯތަށް ގާއިމް ކޮށްފި
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުގައި

މެއިމަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށް އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަށް އިލެކްޝަންސް ކަމިޝަން (އީސީ) އިން ގާއިމް ކޮށްފިއެވެ.

އިލެކްޝަންސް ކަމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ގުޅިގެން އަތޮޅު އަދި ސިޓީ ކޮމްޕެއިންޓްސް ބިއުރޯތަކުން ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2017 މެއި 13 ވާ ހޯމަ ދުވަހުގެ 15:00 އާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 03:00 އަށް، ހުކުރު ދުވަސް ދުވަހު މެންދުރުފަހު 02:30 އިން ހަވީރު 05:30 އަށް އަދި ހޮނިހިރު ދުވަސް ދުވަހު ހެނދުނު 10:00 އިން ހަވީރު 03:00 އަށް ކަމަށެވެ. މީގެ އިތުރުން ވޯޓުނެގުމަށް ހަމަޖެހިފައިވާ، 2017 މެއި 06 ވާ ހޮނިހިރު ދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށް ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކުންނާއި، ރަށު/އަތޮޅު/ސިޓީ/އަވަށު ކައުންސިލް އިދާރާތަކުންނާއި، އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv އިން ޝަކުވާ ހުށަހަޅާ ފޯމު ޑައުންލޯޑު ކުރެވޭނެކަމަށް އެ ކަމިޝަނުން ބުނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅޭ ޝަކުވާތަށް އަތޮޅުތަކުންނާއި ސީޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކުން ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިގެން ދިޔައިރު، މާލޭގައިނަމަ އިންތިޚާބާއި ގުޅިގެން ހުށަހެޅޭ ޝަކުވާތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާގައި ޤާއުމުކުރެވިފައިވާ ޤައުމީ ކޮމްޕެއިންޓްސް ބިއުރޯއިން ކަމަށްވެސް އެ ކަމިޝަނުން ބުނެއެވެ.

- ކޮމެންޓް