ގއ. ދެއްވަދޫން ކޮވިޑް-19ށް ޕޮޒިޓިވްވެގެން ގެނައި މީހާގެ ހާލު ރަނގަޅުކަމަށް ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ 8:45 ހާއިރު ކޮވިޑަށް ޕޮޒިޓިވް ވެގެން ދެއްވަދޫއިން ގެނަސްފައިވަނީ އުމުރުން 79 އަހަރުގެ މީހެއް ކަމަށެވެ.
އަދި މިހާރު އެމީހާއަށް އަތޮޅު ހޮސްޕިޓަލުގައި ހުންނަ ކޮވިޑް ފެސިލިޓީން ފަރުވާދޭން ފަށާފައިވާކަމަށް ޝަރީޕް ވިދާޅުވިއެވެ. މީގެ އިތުރުން ޝަރީޕް ވިދާޅުވީ އެރަށުގައި ގާއިމް ކޮށްފައިވަ ފެސިލިޓީގެ އިތުރުން އަތޮޅު ހޮސްޕިޓަލު އޮތީ ކޮވިޑު ޖެހޭ މީހުންނަށް ފަރުވާދިނުމަށް ތައްޔާރަށް ކަމަށާއި ވަސީލަތްތައް ވެސް އެބަ ހުރި ކަމަށެވެ.
އަދި ޑޮކްޓަރުންގެ އިތުރުން މުޅި ހޮސްޕިޓަލުގެ ހުރިހާ ސްޓާފުން ތިބީ އެކަމަށް ވާން ޖެހޭ އެންމެ ފުރިހަމަ ތައްޔާރީތައްވެ، ދިމާވެދާނެ ކޮންމެ ކަމަކަށް ވެސް ތައްޔާރަށްކަމަށް ޝަރީފް ވިދާޅުވިއެވެ.
ގއ. ދެއްވަދޫން ކޮވިޑް-19ށް މިހާތަނަށް ޖުމްލަ 10 މީހަކު ޕޮޒިޓިވްވެފައިވާއިރު އެރަށް މިހާރު ވަނީ މޮނިޓަރިންގގެ ހާލަތަށް ލާފައެވެ. އަދި ރަށުގެ ހަލަތު އެޗްއީއޯސީން އަންނަނީ ގާތުން ބަލަމުންނެވެ. ދެއްވަދޫއަކީ 1300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.