Advertisement
ކ. މާލެ
|
28 އޭޕްރިލް 2017 | ހުކުރު 15:53
ހދ. އަތޮޅު ކުރިނބީގެ ކެމްޕޭންޓީމާއި ބައްދަލުކުރަނީ
ހދ. އަތޮޅު ކުރިނބީގެ ކެމްޕޭންޓީމާއި ބައްދަލުކުރަނީ
ރާއްޖެއެމްވީ
ހދ. އަތޮޅުގެ ކެމްޕެއިން
ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް
ޓީމްގައި އިސްކޮށް ހުންނެވީ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
ދޮރުން ދޮރަށް ހިނގުމަށް ވަނީ ހަމަޖެހިފައި

އެމްޑީޕީގެ ކެމްޕޭން ޓީމްތަކުން މިހާރު ކުރަމުންދާ މަސައްކަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް އެމްޑީޕީން ކުރާ މަސައްކަތުގެ އެންމެ މުހިންމު މަސައްކަތް ކަމަށް އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

 

އެމްޑީޕީގެ ވަފުދު ހދ. އަތޮޅު ކުރިނބި އަށް ވަޑައިގެން، ކައުންސިލް އިންތިހާބުގައި އެރަށުގެ ކައުންސިލް ގޮނޑިތަކަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި ކެމްޕޭން ޓީމްތަކާ ބައްދަލުކުރެއްވުމަށް ފަހު ޝިފާޒް ވިދާޅުޅީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީން ނަގާނެ ކަމަށެވެ. އެހެންނަމަވެސް މެއި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބު މިނިވަން އިންސާފްވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ކެމްޕޭންޓީމްތަކުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

 

އެގޮތުން އިންތިހާބުގައި އޮބްސާވަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނާއި މޮނިޓަރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޝިފާޒް ވަނީ ވިދާޅުވިއެވެ. އަދި އިންތިހާބުގެ ވޯޓާސް ލިސްޓުގައި ކާކު ކޮންތާކަށްތޯ ވޯޓްލުމަށް ރަޖިސްޓްރީ އޮތީ މިއަދު ބަލަންޖެހޭ ކަމަށް ޝީފާޒް ވިދާޅުވިއެވެ.

ހދ އަތޮޅު ކުރިންބީގެ ކެމްޕޭންޓީމާއި ބައްދަލުކުރަނީ

ހުކުރު ދުވަހު ހެނދުނު ކުރިނބީ އެމްޑީޕީގެ ޖަގަހާގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ މުލަކު މެމްބަރު އިބްރާހިމް ނަސީރުގެ އިތުރުން އެޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް