ނ.ކެނދިކުޅުދޫ އިން ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކެނދިކުޅުދޫ ކައުންސިލުން ބުނީ އެރަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯތިތަކަށް 293 މީހަކު ފޯމް ލާފައިވާ ކަމަށެވެ. އަދި ބަންޑާރަ ގޯތިތަކަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށްފަހު ލިސްޓް އާއްމުކޮށްފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ މި ޕޮއިންޓް ޝީޓަށް ޝަކުވާ ހުށައެޅަން ބޭނުންވާ ފަރާތްތަކުން 20 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ޝަކުވާ ފޯރމް ހުށައެޅުމަށްއެދޭ ކަމަށެވެ. އަދި ޝަކުވާ ހުށައަޅާ ފޯރމް، ރަސްމީ ގަޑީގައި ކައުންސިލްގެ ކައުންޓަރުން ލިބޭނެ ކަމަށެވެ.
މީގެ އިތުރުން އޮންލައިންކޮށް ފޯމް ނަގަން ބޭނުންވާ ފަރާތްތަކަށްhttps://drive.google.com/file/d/1I2-GyefGlQzI0I01aZLXkzG-KYB68NEf/view?usp=sharinމިލިންކުން ފޯމް ލިބޭނެއެވެ.
ކައުންސިލުން ބުނީ އެއްވެސް ފަރާތެއްގެ ޕޮއިންޓް ދީފައިވާ ގޮތާއިމެދު އެއްވެސް ޝަކުވާއެއްވާނަމަ ޝަކުވާ ފޯރމް ފުރިހަމަކުރުމަށްފަހު މިކައުންސިލަށް ހުށައެޅުމަށް އެދޭ ކަމަށެވެ. އަދި އެއްވެސް ފަރާތެއްގެ ނަން މި ލިސްޓްގައި ނެތްކަމުގައި ވާނަމަވެސް އެކަމުގެ ޝަކުވާ ހުށައެޅުމަށް ކައުންސިލުން އެދިފައިވެއެވެ.
ކައުންސިލުން ބުނީ ޕޮއިންޓް ޝީޓް އާންމުކުރުމުގެ އިތުރުން ކައުންސިލްގެ ނޯޓިސް ބޯޑުގައި ވެސް އާންމުކޮށްފައިވާ ކަމަށެވެ.