ކ. މާލެ
|
6 ޖެނުއަރީ 2021 | ބުދަ 23:14
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ
މިހާރު
ފަނޑިޔާރު މުޖުތާޒް ޕޮޒިޓިވްވުން
ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކުރީގެ ފަނޑިޔާރު މުޖުތާޒަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެނީ
މުޖުތާޒުގެ އުމުރުފުޅަކީ 61 އަހަރު
މުޖުތާޒު މީގެ ކުރިން ހުންނެވީ ލ. ކުޑަފުށީގައި ހޯމް ކަރަންޓީނުގައި
މިހާރު އެމަނިކުފާނު އޮންނެވީ ވެންޓިލޭޓަރެއްގައެއް ނޫން

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީއަށް ފަރުވާ ދޭން ފަށައިފިއެވެ.

"ރާއްޖެ.އެމްވީ" އަށް ލ. ގަމު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ފަނޑިޔާރު މުޖުތާޒް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރީ މި މަހުގެ ތިންވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ.

އޮފިޝަލް ވިދާޅުވީ އަންގާރަ ދުވަހުގެރޭ ނޭވާއަށް އުނދަގޫވެ ހާލު ސީރިއަސް ވާން ފެށި ކަމަށެވެ. އެހެންކަމުން ބުދަ ދުވަހުގެ މެންދުރުގެ ވަގުތުގައި ވެންޓިލޭޓަރު ގުޅައި މާލެ ފޮނުވާލި ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ހާއްސަކޮށްފައިވާ ފެސިލިޓީގައި މުޖުތާޒަށް ފަރުވާ ދޭން ފަށާފައިވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަދި މިހާރު އެމަނިކުފާނު އޮންނެވީ ވެންޓިލޭޓަރެއްގައި ނޫނެއެވެ.

61 އަހަރުގެ މުޖުތާޒް ގަމަށް ވަޑައިގެން ހުންނެވި ސަބަބެއް ނޭނގެއެވެ. މުޖުތާޒު ހުންނެވީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ލ. ކުޑަފުށީގައި ހޯމް ކަރަންޓީނުގައެވެ.

ފަނޑިޔާރު ކަމުން ރިޓަޔަރ ކުރައްވާފައިވާ މުޖުތާޒު 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުން 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވިއެވެ.

- ކޮމެންޓް