Advertisement
ކ. މާލެ
|
28 އޭޕްރިލް 2017 | ހުކުރު 04:15
ހަމްޒާ މެޑަމް ފާތުންއާއެކު
ހަމްޒާ މެޑަމް ފާތުންއާއެކު
ޓްވިޓަރ
ޕާޓީ ބަދަލު ކުރުން
ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި
ގިނަ ރައްޔިތުން ސަރުކާރަށް ތާއީދެއް ނުކުރޭ:ހަމްޒާ

ހެންވޭރު އުތުރު ދާއިރާގެ 90 ޕަސެންޓް ގޭގެއަށް ވަދެވިއްޖެ ކަމަށާއި ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއީދު ނުކުރާކަމަށް ވިދާޅުވި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ ހެންވޭރު އުތުރު ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓް، ހަމްޒާ ހަސަން ޕީޕީއެމްއަށް ސޮއިކޮށް ސަރުކާރު ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމައިފިއެވެ.

މިމަހުގެ 18 ވަނަ ދުވަހު ހަމްޒާއަށް ތާއީދު ހޯދުމުގެ ގޮތުން ކެމްޕެއިން ޕޯސްޓަރ ހަރުކުރުމުގެ ހަފްލާއަށްފަހު ހަމްޒާ ހަސަން ވިދާޅުވީ މިހާތަނަށް ދާއިރާގެ 90 ޕަސެންޓް ގޭގެއަށް ވަދެވިއްޖެ ކަމަށާއި ގިނަ ރައްޔިތުން މިސަރުކާރަށް ތާއީދު ނުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އޭނާ އާއި ދެކޮޅު ނުވަތަ ހިތްހަމަނުޖެހިގެން އެއްޗެއްބުނި އެއްވެސް ގެއެއް ނެތްކަމަށާއި އިރާދަ ކުރެއްވިއްޔާ ފަސޭހަ ކަމާއެކު ގޮނޑި ނެގޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

ހަމްޒާ އެހެން ވިދާޅުވިތާ 9 ދުވަސް ފަހުން ޕީޕީއެމްގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓްގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެރޭ  ބޭއްވި ޖަލްސާގައި،ހަމްޒާ ވަނީ މެޑަމް ފާތިމަތު އިބްރާހީމްގެ ހާޒިރުގައި ޕީޕީއެމަށް ސޮއިކުރައްވާފައެވެ. އަދި އެ ދާއިރާއަށް ކުރިމަތިލައްވާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓް ހ. އިސްފަހާން މުހައްމަދު ފިޝާވީން ސަލީމްއަށް ތާއީދު ކުރައްވައި އޭނާ އެންޑޯޒް ކުރައްވާކަން ހާމަ ކުރައްވައިފަ އެވެ. ފިޝާވީން އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޑީއާރުޕީގެ ކެންޑިޑޭޓެކެވެ. ކޯލިޝަން ޕާޓީ ޑީއާރުޕީ އިން ކެންޑިޑޭޓެއް ނެރެފައިވުމުން ޕީޕީއެމްއިން އެ ދާއިރާއަށް ވާދައެއް ނުކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް