Advertisement
ކ. މާލެ
|
28 އޭޕްރިލް 2017 | ހުކުރު 03:53
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
ރާއްޖެ އެމްވީ
ރައީސް ނަޝީދަކީ
ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ
ޓްރެފިކް ލައިޓް ފަހަނަ އަޅާ ދާމީހާއަށް ވެސް ޓެރެރިޒަމް ގެ ދައުވާ ކުރެވޭ ގޮތަށްގަނޫނު އޮތީ
ރައީސް ޔާމީން ނޫން ހުރިހާ ސިޔާސީ ލީޑަރުންނަަކީ ގައުމީ ސަލާމަތަށް ހުރިނުރަކަލަކަށް މިއަދު ވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ، ދުނިޔޭގެ ފެންވަރުގެ މަގުބޫލު ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

 

ހުރިހާ ސިޔާސީ ލީޑަރުން އެދިވަޑައިގެންފި ނަމަ، ރައީސް ނަޝީދު މިނިވަން ވާނޭ ގޮތަށް މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި، ނ.މިލަދޫގައި ބުރާސްފަތި ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދަށް ހުކުމްކޮށް ޖަލަށްލީ ހެކިހުށައަޅާ ދައުވާއިން ދިފާއުވުމަށް އެމަނިކުފާނަށް ފުރުސަތުވެސް ލިބިވަޑައިނުގަނެ ކަމަށެވެ.

 

ރައީސް ނަޝީދު ހައްޔަރުކޮށް ޖަލަށްލީ މިހާރުވެސް އުފެދިފައި ހުރި ގާނޫނު ތަކުގެ ދަށުންތޯ ރޮޒެއިނާ ވަނީ ސުވާލުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީނު ފުރަތަމަ ކުރައްވަންވީކަމަކީ، މިހާރު ހުރި ގާނޫނު ތަކަށް ތަބާވެވަޑައިގަތުން ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

 

ގަނޫނު ބަދަލުކުރައްވާ ވާހަކަފުޅު ރައީސް ޔާމީން ވިދާޅުވާއިރު،ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާނު ހުސެއިން މަނިކު އޭރު ބެރިކޭޑުމަތިން ފުންމާލީ ފުލުހުން ދައުވަތު ދީގެންތޯ ރޮޒެއިނާ ސުވާލުކުރެއްވިއެވެ.

 

ކުނޫޒުގައި ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން، މެންބަރަކު ޚިޔާލު ބަދަލުވުމަކުން އެއީ ނުފޫޒު ފޯރުވުން ނޫންކަމަށް ރޮޒޭ ވިދާޅުވިއެވެ.

 

" ތޮއްޔިބާއި ލޫކަސް ލިޔެލާ ޓްވީޓަކުން ގެންގޮސް ޖަލަށް ލަނީ ކޮން ގާނޫނަކުންތޯ. ގައުމީ ސަލާމަތަށް ނުރައްކާ ވަނިއްޔޯ"  ރޮޒެއިނާ ވިދާޅުވިއެވެ.

 

ރައީސް ޔާމީން ނޫން ހުރިހާ ސިޔާސީ ލީޑަރުންނަަކީ ގައުމީ ސަލާމަތަށް ހުރިނުރަކަލަކަށް މިއަދު ވެއްޖެކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

 

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް، ކޮރަޕްޝަން އޮތީ ކޮން ކަމެއްގައިކަން ބުނެނުދެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅިވި ވިދާޅުވުމަށް ރަށްދުދެއްވާ ރޮޒެއިނާ ވިދާޅުވީ، 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދިވެހި ދައުލަތުން ގެއްލުނީމައި ކޮރަޕްޝަން އަކީ ކޮބައިތޯ އޭ ވިދާޅުވެ ރައީސް ޔާމީން ކޮރަޕްޝަނުގެ ވާހަކަ ދެއްކީމައި އެ ވަނީ މިއަދު ބޮޑު ޖޯކަކަށްކަމަށެވެ. އަދި އެއީ ކޮރަޕްޝަނަށް ނުވަނީތޯ ރޮޒެއިނާ ސުވާލުކުރެއްވިއެވެ.

 

އިދިކޮޅުގައި ހުންނެވި އިރު ފުލުހުން ނުކުމެ ވެރިކަން ބަދަލުކުރަން ގޮވާލެއްވި އިރު އެކަން ސިޔާސީ ކަމަކަށް އޭރު ވެފައި މިއަދު އެއީ ޓެރެރިޒަމަށް ވާންވީ ކިހިނެއްކަމެއް ނުވިސްނޭކަމަށް ރޮޒެއިނާވިދާޅުވިއެވެ.

 

ރޮޒެއިނާ ވިދާޅުވީ، މިފަދަ ކަންކަމާމެދު ރައްޔިތުން މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހެއެެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ މުހިއްމު ފުރުސަތުގެ ބޭނުން ވަރަށް ވިސްނުންތެރިކަމާއިއެކު ހިފުމަށް ރޮޒެއިނާވަނީ ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
28 އޭޕްރިލް 2017 | ހުކުރު 22:35
ނ.މިލަދޫ
ކުޑަ ރަށެއްގެ ކައުންސިލަށް ކުރިމަތިލިޔަސް ނަޝީދު ނުހޮވޭނެ!!!!؟
28 އޭޕްރިލް 2017 | ހުކުރު 22:34
ހ މ ޒ
އަދަބަކީ ހަމައެކަނި ނިކަމެތިންނަށް އޮތް އެއްޗެއް ނޫން! ނަޝީދު މިނިވަންކުރުމަށް ޕީޕީއެމް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްދެވިދާނެ "އެހެންވީމަ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ، ރައީސް ނަޝީދުވެސް މިނިވަން ވާންކަމަށްވަންޏާ، އަޅުގަނޑަށް އިދިކޮޅުގައި ތިބި ހުރިހާ ލީޑަރުން ވަކިވަކިން ސިޓީ ފޮނުއްވާ! ރައީސް މައުމޫނުވެސް ފޮނުއްވައި ދެއްވާ! އިމްރާނުވެސް ފޮނުއްވައިދެއްވާ! ރައީސް ނަޝީދުވެސް ފޮނުއްވައިދެއްވާ! އަދި ޤާސިމް އިބްރާހިމްވެސް ވަކިން ސިޓިއެއް ފޮނުވައިދީ ޕާޓީ ނޫން މިއިން ކޮންމެ ބޭފުޅަކު ސޮއިކުރައްވާފައި ނޫނީ އެބޭފުޅެއްގެ ހައިސިއްޔަތުން ސޮއި ކުރައްވާ، ތިމެންނަމެން ކޮންމެ މީހަކު ބޭނުމޭ ރައީސް ނަޝީދު މިނިވަން ވާން، އަދި މިކަން ކުރަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނެސްދޭން. އޭރަށް އަޅުގަނޑަށް އަޅުގަނޑުގެ ޕީ.ޖީ ލީޑަރަށް ހުށައަޅައިގެން މަޖިލިސް ތެރޭގައި ކިހާވަރެއްގެ ރުހުމެއްތޯ މިއަށް ހޯދޭނީ އަޅުގަނޑުމެންނަށް ބެލިދާނެ" ރައީސް ވިދާޅުވިއެވެ!؟ މިހާރުވެސް ނަޝީދު ހުންނެވީ ޓެރަރިޒަމްގެ ދައުވާއެއް ސާބިތުވު 13 އަހަރުގެ، މިހެން ރާއްޖޭގެ ވެރިކަމެއް ނުކުރެވޭނެ ދެތްތޯ، ﷲގެ ވާގިފުޅާއެކު ރައީސް އަބްދުﷲ ޔާމީން، 2018 ގައި ހޮވޭނެކަން ޔަގީންކަމަށާއި، އެކަމާ ޝައްކުނުކުރުމަށް!!!! އަދި 13 ކެންޑިޑޭޓުން މާލެއަށް ހޮވިއްޖެނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ހީނުކުރާހާ ބޮޑު ބަދަލުތަކެއް މާލެއަށް އަންނާނެކަމަށާއި، ހީނުކުރާ ކަހަލަ ތަރައްގީ މާލެއަށް އަންނާނެ ކަމަށެވެ!!!!؟