ކ. މާލެ
|
3 ޖެނުއަރީ 2021 | އާދީއްތަ 08:11
މުކޭޝް އަމްބާނީ
މުކޭޝް އަމްބާނީ
ބްލޫމްބާރްގް
މުކޭޝް އަމްބާނީ
މުކޭޝް އަމްބާނީ ދެ މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހިއްޖެ
 
މި އޮޅުވާލުމުގައި މުކޭޝް އެންމެ އިސްކޮށް އުޅުނު ކަމަށް ވޭ

އިންޑިއާގެ އެންމެ މުއްސަނދި މީހާ, މުކޭޝް އަމްބާނީ ދެ މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހިއްޖެއެވެ.

އިންޑިއާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ބޯޑުން ބުނެފައިވަނީ އެ ޖޫރިމަނާ އޭނާ ދައްކަން ޖެހުނީ މީގެ 13 އަހަރު ކުރިން ހިއްސާގެ މުއާމަލާތްތައް ނަހަމަ ގޮތުގައި ހިންގި ކަމުގެ ތުހުމަތުގައެވެ. އިންޑިއާގެ ބޯޑުން ބުނެފައިވަނީ މުކޭޝްގެ ރިލައަންސް ކުންފުނީގެ ހިއްސާ ވިއްކައިގެން ލިބުނު ފައިސާގެ ތެެރެއިން ގިނަ އަދަދެއްގެ ފައިސާ އޮޅުވާލައިގެން ބޭނުންކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން ވެސް 250 މިލިއަން ރުޕީސް ދައްކަން ޖެހޭއިރު މި އޮޅުވާލުމުގައި މުކޭޝް އެންމެ އިސްކޮށް އުޅުނު ކަމަށްވެއެވެ.

ބްލޫމްބާގް ބިލިއަނާ އިންޑެކްސްގައިވާ ގޮތުން މުކޭޝް އަކީ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ މުއްސަނދި މީހާއެވެ.

އަމްބާނީ އެންމެ ބޮޑަށް މުއްސަނދިވެފައިވަނީ، އަމްބާނީގެ ކުންފުންޏެއް ކަމަށްވާ ޖިއޯ ޕްލެޓްފޯމްސް ގެ ހިއްސާ ފޭސްބުކް، ގޫގުލް އަދި އިންޓެލް ފަދަ ކުންފުނިތަކުން ގަތުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް