ކ. މާލެ
|
2 ޖެނުއަރީ 2021 | ހޮނިހިރު 17:16
ހުޅުމާލޭގައި ހުންނަ ގެސްޓްހައުސެއް
ހުޅުމާލޭގައި ހުންނަ ގެސްޓްހައުސެއް
ރާއްޖެއެމްވީ
ރާއްޖޭގެ ޓޫރިސްޓް ފެސިލިޓީތައް
2020 ވަނަ އަހަރު ނިމުނުއިރު 250 ށްވުރެ ގިނަ ގެސްޓްހައުސް ވަނީ އޮޕަރޭޓްކުރަން ފަށާފައި
 
މިހާރު 12 އަތޮޅެއްގެ 39 ރަށެއްގައި ގެސްޓްހައުސްތައް އޮޕަރޭޓްކުރޭ
 
އަހަރު ނިމުނުއިރު ހުޅުވާލާފައި ވަނީ 257 ގެސްޓްހައުސް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ގެސްޓްހައުސްގެ ވިޔަފާރު ހުއްޓިފައި އޮތުމަށްފަހު އަލުން ފަށައިގެންފައިވާއިރު، 2020 ވަނަ އަހަރު ނިމުނުއިރު 250 ށްވުރެ ގިނަ ގެސްޓްހައުސްތައް ވަނީ އޮޕަރޭޓްކުރަން ފަށާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރު ނިމުނުއިރު ރާއްޖޭގެ 12 އަތޮޅެއްގެ 39 ރަށެއްގައި 257 ގެސްޓްހައުސް ވަނީ އޮޕަރޭޓްކުރަން ފަށާފައިއެވެ.

މިހާރު ގެސްޓްހައުސްތައް ހުޅުވާފައި ވަނީ:

  1. އދ. އަތޮޅުގެ ހަ ރަށެއްގައި 26 ގެސްޓްހައުސް
  2. ވ. އަތޮޅުގެ ތިން ރަށެއްގައި 21 ގެސްޓްހައުސް
  3. ތ. އަތޮޅުގައި އެއް ގެސްޓްހައުސް
  4. ލ. އަތޮޅުގައި އެއް ގެސްޓްހައުސް
  5. ގދ. އަތޮޅުގެ ދެ ރަށެއްގައި ދެ ގެސްޓްހައުސް
  6. ޏ. އަތޮޅުގައި އެއް ގެސްޓްހައުސް
  7. ސ. އަތޮޅުގެ ތިން ރަށެއްގައި ފަސް ގެސްޓްހައުސް
  8. ހއ. އަތޮޅުގެ ދެ ރަށެއްގައި ފަސް ގެސްޓްހައުސް
  9. ނ. އަތޮޅުގައި އެއް ގެސްޓްހައުސް
  10. ބ. އަތޮޅުގެ ފަސް ރަށެއްގައި 11 ގެސްޓްހައުސް
  11. ކ. އަތޮޅުގެ ނުވަ ރަށެއްގައި 118 ގެސްޓްހައުސް
  12. އއ. އަތޮޅުގެ ހަ ރަށެއްގައި 57 ގެސްޓްހައުސް

މީގެ އިތުރުން އަހަރު ނިމުނުއިރު 543 ޓޫރިސްޓް ފެސިލިޓީއެއްގައި 41,854 އެނދު އޮޕަރޭޓްކުރަން ފަށާފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މިހާރު އޮޕަރޭޓްކުރަމުންދާ ޓޫރިސްޓް ފެސިލިޓީތަކާއި އެނދުގެ އަދަދު:

  1. 142 ރިސޯޓެއްގައި 32,792 އެނދު
  2. 11 ހޮޓަލެއްގައި 1,458 އެނދު
  3. 133 ސަފާރީއެއްގައި 2,576 އެނދު
  4. 257 ގެސްޓްހައުސްގައި 5,028 އެނދު

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު އަލުން ހިނގައިގަތްއިރު އެންމެ ފުރަތަމަ އޮޕަރޭޓްކުރަން ފެށީ ރިސޯޓުތަކާއި ސަފާރީތަކެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ފުރުސަތު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ދީފައިވާއިރު، މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާފައިވަނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް