Advertisement
ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 21:50
އެމްޑީޕީގެ ކެމްޕެއިން ޓިމް ނ. އަތޮޅަށް ފުރަން ތައްޔާރުވެގެން
އެމްޑީޕީގެ ކެމްޕެއިން ޓިމް ނ. އަތޮޅަށް ފުރަން ތައްޔާރުވެގެން
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިހާބު
އެމްޑީޕީން ނ. އަތޮޅުގައި ބާއްވާ ޖަލްސާ މިރޭ މިލަދޫގައި
އެމްޑީޕީން ދަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ފުޅާދާިރާއެއްގައި ހިންގަމުން

ނ. އަތޮޅުގެ ހުރިހާ ރަށަކަށް އެމްޑީޕީން ކުރާ ކެމްޕެއިން ދަރުތުރުގައި ބާއްވާ ފުރަތަމަ ޖަލްސާ މިރޭ ނ. މިލަދޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަ މަހު ހަ ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އެމްޑީޕީން މިހަފްތާގައި ނ. އަތޮޅުގެ ހުރިހާ ރަށަކަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު މާލެއިން ފެށި މިދަތުގައި ކެނދިކުޅުދޫއަށާއި މާޅެންދޫއަށާއި ކުޑަފަރީ އަދި މިލަދޫއަށް ދިއުމަށް ހަމަޖެހިފައިވާއިރު، ހުކުރު ދުވަހު ވެސް ނ. އަތޮޅުގެ ބައެއް ރަށްރަށް ދިއުމަށް ހަމަޖެހިފައިވެއެވެ.

ބުރާސަފތި ދުވަހުގެ ރޭ މިލަދޫގައި ބާއްވާ ހާއްސަ ޖަލްސާގައި އެމްޑީޕީ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ބައެއް ކެނޑިޑޭޓުން ވާހަކަ ދައްކަވާނެ އެވެ.

އެމްޑީޕީން ނ. އަތޮޅުގެ ހުރިހާ ރަށަކަށާއި ޅ. ހިންނަވަރަށް ކުރާ މިދަތުރުގެ އިތުރުން ހދ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް އެމްޑީޕީގެ ކެމްޕެއިން ހާއްސަ ހަރަކާތްތަކެއް ކުރިއަށް އެބަދެއެވެ.

އެމްޑީޕީގެ ޗެއާރޕާސަން ނައިބު އަލީ ނިޔާޒު ވިދާޅުވީ މީގެ ކުރިން ހަފްތާ ބަންދުގައި އެމްޑީޕީން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް މިހަފްތާއިން ފެށިހެން މެއި ހަތަރު ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ އެކި އަތޮޅުތަކުގައި ކެމްޕއެިން ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އަންނަ ހަފްތާގައި ރ. އަތޮޅާއި ބ. އަތޮޅަށް އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް