ކ. މާލެ
|
31 ޑިސެންބަރ 2020 | ބުރާސްފަތި 18:52
މޯލްޑިވް ގޭސްގެ ކާރު ހާނާއެއްގައި ފުޅިތަކަށް ގޭސް އަޅަމުން ދަނިކޮށް
މޯލްޑިވް ގޭސްގެ ކާރު ހާނާއެއްގައި ފުޅިތަކަށް ގޭސް އަޅަމުން ދަނިކޮށް
ސޯޝަލް މީޑިއާ
މޯލްޑިވްސް ގޭސް
މިި އަހަރަކީ މޯލްޑިވް ގޭސްގެ ހަޔާތުގައި އެންމެ ކާމިޔާބު އެއް އަހަރު
 
ރިސޯޓް ސެކްޓަރ އާއި ކެފޭ ރެސްޓޯރެންޓް ސެކްޓަރގެ ވިކުރާ ދަށްވުމުން ކުންފުނީގެ ޖުމްލަ ސޭލްސް ރެވެނިއުއިން 40 މިލިއަން ރުފިޔާގެ ދަށްވުމެއް އައި
 
ކޮވިޑްގެ ދުވަސްވަރު މޯލްޑިވްސް ގޭސްއިން ވަނީ ހުއްޓުމެއް ނެތި ރައްޔިތުންނަށް ކައްކާ ގޭސް ފޯރުކޮށްދީފައި

މި ހިނގާ 2020 ވަނަ އަހަރަކީ މޯލްޑިވް ގޭސްއަށް ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު އެއް އަހަރު ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވް ގޭސްއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން މުޅި ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުމާއި އެކުންފުނިންވެސް ކުރިމަތިލާން ޖެހުނު ކަމަށާއި އެގޮތުން ރިސޯޓް ސެކްޓަރ އާއި ކެފޭ ރެސްޓޯރެންޓް ސެކްޓަރގެ ވިކުރާ ދަށްވެ، މޯލްޑިވް ގޭސް ކުންފުނީގެ ޖުމްލަ ސޭލްސް ރެވެނިއުއިން 40 މިލިއަން ރުފިޔާގެ ދަށްވުމެއް އައި ކަމަށެވެ. އެހެންނަމަވެސް ގޭސް ޝިޕްމަންޓްތަކުގެ ފުރެއިޓް އަދި ޕްރިމިއަމް އަށް ގެނެވުނު ބޮޑު ބަދަލުތަކާއިއެކު ކުންފުނިން ގޭސް ގަތުމުގައި ބޮޑު ތަނުން އަގު ހެޔޮކުރެވުނު ކަމުގައެވެ. އަދި ކޮވިޑާއި ގުޅިގެން އެޅުނު ހަރުދަނާ ފިޔަވަޅުތަކާއިއެކު ކުންފުނި ހިންގުމުގެ ހަރަދު ބޮޑު ތަނުން ކުޑަކުރެވިފައިވާ ކަމަށާއި، އެހެންކަމުން ކުންފުނި ހިންގުމުގެ ފައިދާ ބޮޑު ތަނުން އިތުރު ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މޯލްޑިވް ގޭސްގެ އެކްޓިންގ މެނޭޖިންގ ޑިރެކެޓަރ އަލީ އިކްރާމް ވިދާޅުވީ މޯލްޑިވް ގޭސްގެ މިސްރާބު މިހާރު ހުރި ގޮތުން މިއަހަރު ނިމޭއިރު ކުންފުނީގެ ފައިދާ 50 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށާއި، މިއީ ކުންފުނީގެ ހަޔާތުގައި ވެސް ރެކޯޑް އަދަދަކަށް ފައިދާވި އަހަރެއް ކަމަށެވެ.

މޯލްޑިވް ގޭހުން ވަނީ ކޮވިޑްގެ އެންމެ ނުރައްކާ އަދި އުނދަގޫ ދުވަސްވަރުވެސް ކައްކާ ގޭހާއި މެޑިކަލް އޮކްސިޖަން މެދުކެނޑުމެއްނެތި، މާރކެޓު ޑިމާންޑާއި އެއްވަރަށް ފޯރުކޮށްދީފައެވެ. އަދި ވަޒީފާތަކަށް ދިވެހިންނަށް އިސްކަންދީ މުވައްޒަފުންނަށް މެދުކެނޑުމެއްނެތި މުސާރައާއި އިނާޔަތްތަށް ބަރާބަރަށް ފޯރުކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
25%
0%
0%
50%
0%
25%
ކޮމެންޓް
31 ޑިސެންބަރ 2020 | ބުރާސްފަތި 21:05
ނަމަ
ބަލަ. ޜައްޔިތުމީހާ ފެލައިގެން ނެރޭ ފައިދާ އެއްނުތީ. 100 ރު ފިޔާ އަށް ގޭސް ފުޅިއް ވިއްކަބަލަ. ޢަގަޔޭ ނުކިޔާ.