ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 18:12
ހިސާން ހުސައިން ނޫސްވެރިންނާއި ވާހަކަދައްކަވަނީ
ހިސާން ހުސައިން ނޫސްވެރިންނާއި ވާހަކަދައްކަވަނީ
ޓްވިޓަރ
ގާސިމްގެ ޝަރީއަތް
ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އިމްތިޔާޒްގެ ގާނޫނާ ހިލާފަށް:ހިސާން
ގާސިމްގެ ޝަރީއަތުގެ އަޑުއެހުމަށް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ
ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރީ ގާނޫނާ ހިލާފަށް
ބަންދުގެ މައްސަލަ ވަނީ އިސްތިއުނާފުކޮށްފައި

ޖުމްހޫެރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ގާސިމްގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ގާސިމްގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދޭން އުޅުނު ކަމުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތު ބޭނުންކޮށްގެން ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ އިތުރުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ.

މިއަދުގެ އަޑުއެހުމަށް  ފަހު ހިސާން ވިދާޅުވީ ވިދާޅުވީ އޭޕްރީލް 20 ގައި ގާސިމް ހައްޔަރުކުރުމަށް ފަހު،  ބަންދުގެ  މުއްދަތު އިތުރުކުރަން ހުށަހަޅާފައިވަނީ ފުލުހުން ކަމަށެވެ. ގާސިމްގެ ބަންދުގެ މައްސަލަ ހައި ކޯޓްގައި އިސްތިއުނާފުކޮށްފައިވާއިރު، މި ނުކުތާ ފާހަގަކޮށްފައިވާނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީޙުގެ އިމްތިޔާޒުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، ކުށުގެ ވެށިން ނޫން ގޮތަށް މަޖިލީހުގެ މެމްބަރަކު ހައްޔަރުކުރަން ޖެހޭނީ ޕްރޮސިކިއުޓަ ޖެނެރަލް ހުށަހަޅައިގެން ހޯދާ ކޯޓް އަމުރަކުންނެވެ. 

ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ގާނޫނުގައި ތަރުތީބުކޮށްފައިވާ އުސޫލާ ހިލާފަށް ކަމަށް ހިސާން ވިދާޅުވި އެވެ. މަޖިލީހުގެ މެމްބަރެއްގެ ބަންދުގެ މުއްދަތު އިތުރު ކުރި ނަމަވެސް އަމަލުކުރަން ޖެހޭނީ އިމްތިޔާޒުގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މެއި 6 ގައި ގާސިމް ބަންދުކުރީ ވެސް  އިމްތިޔާޒުގެ ގާނޫނާ ހިލާފަށ ބަންދުކޮށްފައިވާ ކަމަށް ހައި ކޯޓުން ކަނޑައެޅުމުންނެވެ. 

ގާސިމްގެ ހައްޔަރާއި ގުޅިގެން ޖުމްހޫރީ ޕާޓީން ނެރެފައިވާ ބަޔާނުގައިވަނީ ގާސިމް ކުއްލި ގޮތަކަށް ހައްޔަރު ކުރީ ކުރިންވެސް ތުހުމަތު ކުރެވުނުފަދަ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރައްވާފައިވާ މައްސަލައެއްގައި ކަމަށެވެ.

ގާސިމް ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ވެސް އަތުލާފަ އެވެ.

 

- ކޮމެންޓް