ކ. މާލެ
|
26 ޑިސެންބަރ 2020 | ހޮނިހިރު 13:34
އަޒުރު އެއަރ ޔޫކްރެއިންގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި
އަޒުރު އެއަރ ޔޫކްރެއިންގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި
އެމްއޭސީއެލް
އަޒުރު އެއަރ ޔޫކްރެއިންގެ ދަތުރުތައް ފެށުން
އަޒުރު އެއަރ ޔޫކްރެއިންގެ ޗާޓަރ ފްލައިޓްތަކުގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
 
އައު އަހަރާއި ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައި
 
މިފްލައިޓްގައި 311 ފަތުރުވެރިން އައިސްފައިވޭ
 
ހޮނިހިރު ދުވަހުގެ ފަތިހު ފުރަތަމަ ފްލައިންޓް ވަނީ ޖައްސާފައި

އަޒުރު އެއަރ ޔޫކްރެއިންގެ ޗާޓަރ ފްލައިޓްތައްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އަޒުރު އެއަރ ޔޫކްރެއިންއިން ރާއްޖެއަށް ދަތުރުތައް ބާއްވާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

އެމްއޭސީއެލުން ބުނީ އަޒުރު އެއަރ ޔޫކްރެއިންއިން ރާއްޖެއައި ފުރަތަމަ ފްލައިޓް ހޮނިހިރު ދުވަހުގެ ފަތިހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ކަމަށެވެ. އަދި މިފްލައިޓްގައި 311 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ.

އަޒުރު އެއަރ ޔޫކްރެއިންގެ ޗާޓަރ ފްލައިޓްތައްގެ ދަތުރުތައް ރާއްޖެއަށް ފުރަތަމަ ފަހަރަށް ފަށާފައިވާއިރު އައު އަހަރާއި ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން މެދުއިރުމަތީގެ ބޮޑެތި އެއާލައިންތައް ކަމަށްވާ އެމިރޭޓްސް، އިއްތިހާދު އަދި ގަތަރު އެއާވޭސް އިން މިހާރުވެސް ރާއްޖެއަށް ދަނީ ދަތުރުތައް ކުރަމުންނެވެ. އަދި ކަސްޓަމަރުންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑް އިތުރުވުމާއި ގުޅިގެން ގިނަ އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ އިތުރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
100%
0%
0%
0%
0%
ކޮމެންޓް