ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހޯދަން، މާލޭގައި ހުންނަ އޭނާގެ ގެ، ހ. ތިމާވެށި އަށް ފުލުހުން ބުރާސްފަތި ދުވަހު ހިނގެއްޖެ އެވެ.
ޖާބިރުގެ އާއިލާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހު ހެނދުނު ވެހިކަލެއްގައި ފުލުހުން ގޮސް ޖާބިރު ހޯދަން އެދުނެވެ. ނަމަވެސް، ޖާބިރު ނޫޅުއްވާ ވާހަކަ ދެންނެވުމުން އެ ފުލުހުން އެނބުރި ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިރު ނާރަނީސް ޖާބިރު ހޯދަން ފުލުހުން ދިޔަ ޚަބަރު އަޑު އަހައިފިން ކަމަށެވެ. އެއީ ކޮން ކަމެއްގައިތޯ އޭނާ ވަނީ ސުވާލު ކުރައްވައިފަ އެވެ.
Iru naaranees Jabir hoadhan H. Thimaavettah @PoliceMv dhiya khabaru adu ahaifin. Kon beynumakutho?
— Dhiyana (@dhiyanasaid) April 27, 2017
ޖާބިރު ހޯދަން ފުލުހުން ދިޔައީ ކޮން ބޭނުމެއްގައި ކަމެއް ނޭނގެ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ޖާބިރު ހޯދަން ފުލުހުން ދިޔައިރު، އޭނާ ރާއްޖޭން ބޭރުގައި ދިރިއުޅުައްވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. މިވަގުތު އޭނާ ހުންނެވީ ސްރީ ލަންކާގަ އެވެ.