ކ. މާލެ
|
26 ޑިސެންބަރ 2020 | ހޮނިހިރު 09:59
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ވީއައިއޭ ގައި
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ވީއައިއޭ ގައި
ސަން އޮންލައިން
ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުން
ޑިސެމްބަރ މަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 66،000ށް ވުރެ މައްޗަށް އަރައިފި
ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 142,210 އަށް އަރާފައި
މުޅި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 525,057 އަށް އަރާފައި

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން, ޑިސެމްބަރ މަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، ޑިސެމްބަރ މަހުގެ ފުރަތަމަ 23 ދުވަހު ރާއްޖެއަށް 66،000ށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ޑިސެމްބަރ މަހުގެ އެއް ވަނަ ދުވަހުން 23 ވަނަ ދުވަހަށް 66،069 ފަތުރުވެރިން ވަނީ ރާއްޖެއައިސްފައެވެ. މިއީ ފާއިތުވި މަސްތަކާއި އަޅާބަލާއިރު ބޮޑުތަނުން އިތުރު އަދަދެކެވެ.

އެގޮތުން ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމާއެކު އެކު އެމަހު ރާއްޖެ އައިސްފައި ވަނީ 1,701 ފަތުރުވެރިންނެވެ. އަދި އޮގަސްޓް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7,628 އަށް އިތުރުވެފައިވާ އިރު، ސެޕްޓެމްބަރ މަހު 9,538 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އޮކްޓޫބަރ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 21,515 އަށް އަރާފައިވާއިރު، ނޮވެމްބަރަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 35,759 އަށް އަރާފައެވެ.

މިއާއި އެކު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 142,210 އަށް އަރާފައިވާއިރު، މުޅި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 525,057 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ވަނީ މާޗް 27 ގައިއެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން މިހާތަނަށް އައި ގައުމަކަށް ރަޝިއާ ވެފައިވާ އިރު، އަވައްޓެރި އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

- ކޮމެންޓް