ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 15:50
ގދ. ކޫއްޑޫގެ ފަޅުތެރޭގައި މަސްވެރިން ހަޅުތާޅުކުރަނީ
ގދ. ކޫއްޑޫގެ ފަޅުތެރޭގައި މަސްވެރިން ހަޅުތާޅުކުރަނީ
ޓްވިޓަރ
މިފްކޯ
މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ
ކޮންމެ ދޯންޏަކުން ކިރާނީ 2.5 ޓަނުގެ މަސް
މިފްކޯ އިން މަސްގަތުން ކޮންޓްރޯލްކުރީ މާގިނައިން މަސް ބާނާތީ
މަސްވެރިން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައި

މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކޮށްފި އެވެ.

އެ ކުންފުނިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ ކުރީކޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން އާދަޔާހިލާފަށް ރަނގަޅުވެ، މަސް ކިރުވާ މިންވަރު ވަރަށް ބޮޑު ތަން އިތުރުވެފައި ވާތީ، ދަތިތައް ދިމާވަމުންދާ ކަމަށެވެ.

"ދިމާވާ ދަތިތައް ހައްލުކޮށް މަސްގަތުމުގެ އޮޕަރޭޝަން މެނޭޖްކުރުމަށްޓަކައި 27 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހު މިފްކޯއަށް މަސް ކިރުވާ ކޮންމެ ދޯންޏަކުން ގަނެވޭތީ 2.5 މެޓްރިކް ޓަން ކަމަށް ހަމަޖައްސައިފީމެވެ،" މިފްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.

މަސްވެރިކަމުގެ ދާއިރާގެ މައްސަލަތައް ގިނެވެ، މަސްވެރިން ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. 

ކޫއްޑޫ އަށް މަސްކިރުން ކޮންޓްރޯލްކުރާއެކު، އެ ރަށުގެ ފަޅުތެރޭގައި ބައެއް ދޯނިތަކުން ދަނީ ހަޅުތާލު ވެސް ކުރަމުންނެވެ. 

ފޯމު ފުރާ ފުރާ ކަރުދާސް ހުސްވެއްޖެ ކަމަށް ބުނެ ރަސްދޫ މަސްވެރިޔަކު ހޫނުކޮށް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއަށް ހިތް ހަމަ ނުޖެހުން ފާޅު ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. 

ރަސްދޫ ބަނދަރުމަތީގައި ހިނގި މި ހާދިސާގައި މަސްވެރިޔާ ޝަކުވާ ކުރަމުންދާ ކަމަށް ފެންނަނީ މަސްވެރިންނަށް ބެޔަސް ނުބެޔަސް ސަރުކާރުން ދޭން ވައުދުވި ދިހަ ހާސް ރުފިޔާގެ މައްސަލައިގައެވެ.

 

 

 

- ކޮމެންޓް
27 އޭޕްރިލް 2017 | ބުރާސްފަތި 12:21
އަކްރަމް
ބެޔަސް ނުބެޔަސް.... ރަނގަޅަސް ނުރަނގަޅަސް 2.5 ޓަން ޝުކުރިއްޔާ ގައުމު