ކ. މާލެ
|
25 ޑިސެންބަރ 2020 | ހުކުރު 09:15
ހުޅުމާލޭގައި ހިންގަމުން އަންނަ ގެސްޓު ހައުސް އެއް
ހުޅުމާލޭގައި ހިންގަމުން އަންނަ ގެސްޓު ހައުސް އެއް
ރާއްޖެއެމްވީ
ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތައް
ފަތުރުވެރިންނަށް ހިދުމަތްދޭ އެނދުގެ އަދަދު 40،000ން މައްޗަށް!
 
ގެސްޓް ހައުސްތަކުގައި އޮޕަރޭޓްކުރަމުން ދަނީ 4,098 އެނދު
 
ރިސޯޓްތަކުގައި އޮޕަރޭޓްކުރަމުން ދަނީ 32,380 އެނދު
 
މިހާރު އޮޕަރޭޓްކުރަމުން ދަނީ 40,185 އެނދު

ރާއްޖެއަންނަ ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 40،000ށް ވުރެ ގިނަ އެނދު މިހާރު އޮޕަރޭޓްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ޑެއިލީ އަޕްޑޭޓްސް ދައްކާގޮތުން ޑިސެމްބަރ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 489 ޓޫރިސްޓު ފެސިލިޓީއެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 40,185 އެނދު ދަނީ މިހާރު އޮޕަރޭޓްކުރަމުންނެވެ.

އެގޮތުން މިހާތަނަށް 139 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 32,380 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ޑިސެމްބަރ މަހުގެ ނިޔަލަށް އިތުރު ތިން ރިސޯޓެއް ހުޅުވައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 412 އެނދު އިތުރުވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއެވެ.

މީގެ އިތުރުން މިހާތަނަށް 10 ހޮޓަލެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ހޮޓާ ތަކުގައި މިވަގުތު އޮޕަރޭޓްކުރަމުން ދަނީ 1,186 އެނދެވެ. އަދި 130 ސަފާރީއެއްގައި 2,521 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ 10 އަތޮޅެއްގެ 33 ރަށެއްގައި މިހާރު 210 ގެސްޓް ހައުސް ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ގެސްޓް ހައުސްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިވަގުތު އޮޕަރޭޓްކުރަމުންދަނީ 4,098 އެނދެވެ.

އަތޮޅުތަކުގައި ގެސްޓް ހައުސްތައް ހުޅުވާފައިވާ އަދަދަށް ބަލާއިރު؛

ހއ އަތޮޅު - 3

ނ އަތޮޅު - 1

ބ އަތޮޅު - 8

ކ އަތޮޅު - 94

އއ އަތޮޅު - 51

އދ އަތޮޅު - 20

ވ އަތޮޅު - 21

ގދ އަތޮޅު - 1

ޏ އަތޮޅު - 7

ސ އަތޮޅު - 4

މާރޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިއިރު، ފަތުރުވެރިންނަށް ހިދުމަތްދިނުމުގެ ހުއްދަ ލިބިގެންދިޔައީ ހަމަ އެކަނި ރިސޯޓްތަކަށާއި ސަފާރީތަކަށެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ފުރުސަތު އޮކްޓޫބަރ 15 ވަނަ ދުވަހު ދީފައިވާއިރު، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާފައިވަނީ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް