ކ. މާލެ
|
23 ޑިސެންބަރ 2020 | ބުދަ 12:57
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ - ފައުޒީ ވަނީ މަސްވެރިންގެ އުއްމީދުތައް މި ސަރުކާރުން ޙާސިލު ކުރައްވާނެ ކަމަށް ވިދާޅުވެފައި
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ - ފައުޒީ ވަނީ މަސްވެރިންގެ އުއްމީދުތައް މި ސަރުކާރުން ޙާސިލު ކުރައްވާނެ ކަމަށް ވިދާޅުވެފައި
މިފްކޯ ފައިދާވާ ކުންފުންޏަކަށް ހެދުން
ފައުޒީ ދެއްވި ޔަޤީންކަން: މިފްކޯއަކީ މަސްވެރިންގެ ހިއްސާ އޮންނަ ޕަބްލިކް ކުންފުންޏަކަށް ހަދާނަން
މިފްކޯއަކީ ކްލަބް ޖަމިއްޔާ ހިންގާ ތަނެއް ނޫންކަމަށް ފައުޒީ ވިދާޅުވި
މިފްކޯއަކީ ފައިދާހުރި ކުންފުންޏަކަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެއް
ފެލިވަރަށް ޒަމާނާ އެކަށީގެންވާ ރަނގަޅު ތަރައްޤީ އައިސްފައި ނުވޭ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޯޕަރޭޝަން (މިފްކޯ) އަކީ، ސިޔާސީ އެކި ޙަރަކާތްތައް ހިންގާ ތަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެއްޖެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ފައުޒީ ވަނީ މީގެ ކުރިން މިފްކޯ އޮތް ޙާލަތަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މިފްކޯގެ ވަސީލަތްތަކަށް އަންނަންޖެހޭ ޙަޤީޤީ ތަރައްޤީ ނައިސް ހުރީ އޭރު ކުންފުނީގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައި ވުމުންކަން ފާހަގަ ކުރައްވައި ފައުޒީ ވިދާޅުވީ، ކަނޑުއޮއްގިރިންވެސް މާލޭ ސަރަޙައްދުގެ މަސްވެރިންނަށް އޭރު އެއްވެސް ފައިދާއެއް ލިބިފައިނުވާ ކަމަށެވެ.

ކަނޑުއޮއްގިރީގެ ޙާލަތަށް އަލިއަޅުވާލައްވާ ފައުޒީ އިތުރަށް ވިދާޅުވީ، އެރަށު ބަނދަރު ބޭރު ތޮށި ވެސް އޮތީ އެއްކޮށް ވެއްޓިފައި ކަމަށެވެ. އަދި އަހަރެއްގެ ތެރޭގައި ބަނދަރު ތެރޭގައި ދޯނިތަކަށް ކެތްކޮށްލެވެނީ ގާތްގަނޑަކަށް މަހެއްހާ ދުވަހު ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، މިހާރު އެ މަންޒަރުތައް ބަދަލު ކުރުމުގެ ތަސައްވުރަކާއެކު އައު ސަރުކާރު އައިސް މިފްކޯއިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިފްކޯއަކީ ކްލަބް ޖަމިއްޔާ ހިންގާ ތަނެއް ނޫންކަން ފާހަގަ ކުރައްވައި ފައުޒީ ވިދާޅުވީ، މިފްކޯއަކީ ރައްޔިތުންގެ ކުންފުންޏެއްގެ ގޮތުގައި އޮންނަ އޮތުން ދަމަހައްޓަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފްކޯ ރަނގަޅު ޙާލަތަށް ގެނެސް، މިފްކޯއަކީ ފައިދާހުރި ކުންފުންޏަކަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެއްކަން ފާހަގަ ކުރައްވައި ފައުޒީ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މިފްކޯއަކީ މަސްވެރިންގެވެސް ހިއްސާ އޮންނަ ޕަބްލިކް ކުންފުންޏަކަށް ހައްދަވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

މިއީ މަސްވެރިންނަށް ޚިދުމަތް ދޭން އޮތް ކުންފުންޏެއް، ކްލަބް ޖަމިއްޔާ ހިންގާ ތަނެއް ނޫން، މިހާރު އެކަން ނުކުރާނެ، މަސްވެރިންނަށް ރަނގަޅު ތަސައްވުރަކާއެކު މިފްކޯ ކުރިއަށްދާނީ، އިރާދު ކުރެއްވިއްޔާ މަސްވެރިންގެ ބައިވެރިވުން ވެސް އޮންނަ ގޮތަށް، އަޅުގަނޑު އުއްމީދަކީ ކުރިއަށް އޮތް ތަނުގައި މިފްކޯ ރަނގަޅު ޙާލަތަކަށް ގެނެސް، ފައިދާވާ ކުންފުންޏަކަށް ހަދާފައި، މިފްކޯއަކީ މަސްވެރިންގެވެސް ހިއްސާ އޮންނަ، ޕަބްލިކް ހިއްސާ އޮންނަ ކުންފުންޏަކަށް ވެގެން ދިއުން، އިރާދު ކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ހާސިލު ކުރާނަން،
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ

އަންގާރަ ދުވަހު މަސްވެރިންތަކެއް ވަނީ މައިގަނޑު 4 ކަމަކަށް ޑިމާންޑް ކޮށް ފެލިވަރުގައި އިހުތިޖާޖު ކޮށްފައެވެ. އޭގެ ތެރޭގައި މަހުގެ ހަމަ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެހެން ދެމެހެއްޓުމާއި، ފެލިވަރުން ލުއި ފަސޭހަ ގޮތެއްގައި މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

އޭގެ އިތުރުން، އެތައް އަހަރެއް ވޭތުވެގެން ދިޔައިރުވެސް، ފެލިވަރަށް ޒަމާނާ އެކަށީގެންވާ ރަނގަޅު ތަރައްޤީ އައިސްފައި ނުވުމަކީވެސް މަސްވެރިން މިއަދު ކުރާ ޝަކުވާއެކެވެ.

- ކޮމެންޓް
23 ޑިސެންބަރ 2020 | ބުދަ 13:20
ައަދުރޭ
ޔަގީންކަން ތިދޭ އެއްކަމެއްވެސް މިވީ 2 އަހަރު ތެރޭ ވިތަނެއް ނުފެނޭ.