ކ. މާލެ
|
22 ޑިސެންބަރ 2020 | އަންގާރަ 18:11
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން
ފެލިވަރު ތަރައްގީކުރުން
ކުރީ ސަރުކާރުތަކުން މިފްކޯ ތަރައްގީކުރިނަމަ، އުތުރުގެ މަސްވެރިންގެ ޝަކުވާތައް މިއަދު ނުހުންނާނެ: ފައުޒީ
ސަރުކާރުން ދަނީ މިފްކޯ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން
ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއްދޭ އެއް ތަނަކީ ފެލިވަރު
ފެލިވަރުގެ ޕްރޮޖެކްޓުތަކާއެކު އުތުރުގެ މަސްވެރިންނަށް އިތުރު އުންމީދުތަކެއް ލިބިގެންދާނެ

ކުރީގެ ސަރުކާރުތަކުން މިފްކޯ ތަރައްގީކުރިނަމަ އުތުރުގެ މަސްވެރިން މިއަދު ފާޅުކުރަމުންދާ ޝުއޫރުތައް ފާޅުކުރަން ނެޖެހޭނެ ކަމަށް މޯލްޑިވްްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ގިނަ އަދަދެއްގެ މަސްވެރިން ފެލިވަރުގައި އިހުތިޖާޖުކުރުމާ ގުޅިގެން ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފައުޒީ ވިދާޅުވީ މިފްކޯގެ ވަސީލަތްތަކަށް ބަލާއިރު، ފެލިވަރުގައި މަސްކިރުމުގެ އިންތިޒާމުތައް ދަށް ކަމަށާއި، ތަރައްގީއަށް ބަލާއިރު އެންމެ އެކަށީގެންވާ މަސް ފްރީޒް ކުރުމާއި، ސްޓޯރޭޖް ކެޕޭސިޓީއެއްވެސް ފެލިވަރުގައި ނެތް ކަމަށެވެ.

ކުރީ ސަރުކާރުތަކުން ފެލިވަރު ތަރައްގީކުރިނަމަ މިއަދު އުތުރުގެ މަސްވެރިން ފާޅުކުރަމުންދާ ޝުއޫރުތައް ފާޅުނުކުރާނެކަން ފާހަގަކުރައްވާ ފައުޒީ ވަނީ މި ސަރުކާރުން މިފްކޯ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެންމެ ބޮޑު ސަމާލުކަމެއްދޭ އެއް ތަނަކީ ފެލިވަރު ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ފެލިވަރުގައި 4،000 ޓަނުގެ ސްޓޯރޭޖާއި، ފްރީޒީން ކެޕޭސިޓީ އިތުރު 200 ޓަނުން އިތުރުކުރުމާއި، އާރްއެސްޑަބްލިއުގެ އިތުރު 80 ތަނު ގާއިމުކުރުމުގެ މަސައްކަތްކުރަމުންދާކަން ފައުޒީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފެލިވަރުގެ ކޭނަރީ އިތުރަށް ތަރައްގީކުރުމުގެ ގޮތުން އައު ކޭނަރީއެއް ފެލިވަރުގައި ގާއިމުކުރެވޭނެ ކަމަށާއި، މި ކޭނަރީ ވެގެންދާނީ ދުވާލަކަށް 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ކޭނަރީއަކަށް ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުތަކާއެކު އުތުރުގެ މަސްވެރިންނަށް އިރާދަކުރެއްވިޔާ އުންމީދު ގެނެވޭނެ. އަދި ކެޔޮޅުން ބޭނުންވާ އުންމީދުތައް ހާސިލްކުރެވޭނެ.
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ

ފައުޒީ ވަނީ ފެލިވަރުގެ މި ޕްރޮޖެކްޓުތަކާއެކު އުތުރުގެ މަސްވެރިންނަށް އިތުރު އުންމީދުތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ މަސްކިރުމަށް ކިއުގައި ތިބެންޖެހުންކަން ފާހަގަކުރައްވާ ފައުޒީ ވިދާޅުވީ މި ސަރުކާރުން މަސްވެރިން ބޭނުންވާ ތަރައްގީ ގެނަސްދިނުމަށް މަސައްކަތްކުރާނެ ކަމަށާއި، އެ ތަރައްގީ ބޭނުންވާ މިންވަރަށްވުރެ ބޮޑުކޮށްވެސް ހާސިލުކުރެވޭނެ ކަމަށެވެ. އެގޮތުން ފެލިވަރު ތަރައްގީކުރުމަށް ޕްލޭން ކޮށްފައިވަނީވެސް ބޮޑުކޮށް ކަމަށާއި، ފެލިވަރު ތަރައްގީކުރެވޭނީ ބޭރު ބަނދަރަކާއި، ކެރިއަރަކާ އެކުގައިކަން ފައުޒީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަސްވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ކީކިމިނި އަކީ އަމިއްލަ ފަރާތެއްގެ އެސެޓަކަށްވުމުން، ކީކިމިނި މިފްކޯއަށް ނުވަތަ ސަރުކާރަށް ނެގުމުގައި ގޮތް ނިންމަން އުނދަގޫވާނެ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

މައިގަނޑު ހަތަރު ކަމަކަށް ފެލިވަރުގައި އިހުތިޖާޖުކުރި މަސްވެރިން ޑިމާންޑް ކޮށްފައިވާއިރު، އެގޭތެރޭގައި މަހުގެ ހަމަ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެހެން ދެމެހެއްޓުމާއި، ފެލިވަރުން ލުއި ފަސޭހަ ގޮތެއްގައި މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން އަދި މިފްކޯގެ ބެލުމުގެ ދަށަށް ކީކިމިނި ގެނެސް، ކީކިމިނި ބޭނުން ކުރެވޭނެ ހާލަތަށް ގެނައުމުގެ އިތުރުން، ދުވަހުން ދުވަހަަށް މަސް ކިރޭނެ އިންތިޒާމު ހަމަޖެއްސުންވެސް ހިމެނެއެވެ.

އަންގާރަ ދުވަހުގެ ހެނދުނު 7:30 ހާއިރު، މަސްވެރިން އިހުތިޖާޖުކުރަން ފަށާފައިވާއިރު، އިހުތިޖާޖުގައި 17 ދޯނި ބައިވެރިވިއެވެ. އަދި މިއިން ކޮންމެ ދޯންޏެއްގައި ވިއްސަކަށް ފަޅުވެރިން ތިބެއެވެ.

- ކޮމެންޓް
25 ޑިސެންބަރ 2020 | ހުކުރު 00:13
ރާގުންޑާ
ތިޔަބުނާ ސަރުކާރަކުން "ބިޅިފޭށި" ކިޔާ ރަށެއްވެސް ހެދި. ކެކެކެ
25 ޑިސެންބަރ 2020 | ހުކުރު 00:03
ކިނބޫ
ކަލޯމެން ވެރިކަމާ ހަވާލުވީ ކުރީ ސަރުކާރުން ހުރިހާ ކަމެއް ކޮށް ނިންމާފަ ހުރިކަމަށްތަ؟ ވެރިކަން ފޭރިގަތީ އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށްނުދީ ވައްކަން ކޮށްކޮށް ތިބެންތަ؟ އަދިވެސް އުޅޭތި ވެރިކަމާ! މިވަރު ކަނޑުކޮހުން ތަންތަނަށް ލާފަ މިތިވެނީ.
23 ޑިސެންބަރ 2020 | ބުދަ 11:50
ނިމުނާ. މި ކޮމެންޓް ހަޖަމްވާނެބާ
ކުރީގެ ސަރުކާރުގެ ވާހަކަ ނުދައްކަވާ! ކުރީސަރުކާުރުން ކުރަމުން އައިކަންތައް ގޯސްވެގެން މި ސަރުކާރު ގެނެސް މިއޮތީ. ކުރިން ކީއްވެ ދިއްދޫ ކޯޓް ތެރެއަަށް ބޭނި ހުރިހާ މަސަތަކެއްއަލާލީ! ބުރިޖް ސަކަރާތް ރާއްޖެ ދަރާފަ، 25ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ގޯސް އެއީ ހޮހޮލައެއް. ހިޔާ މަސްރޫއު ތައް އަލާފަ ހުރި ފުލެޓްތަކަކީ ކޮތަރުކޮށިތަކެއް. މީ ދެއްކިހާ ކޮސްވާހަކަ. އާހިރުގަ މިހުރިހާކަންތައްތައް ވެސް ބަރާބަރު. ބޭނުންވެސް ހިފަންޖެހި ކަމުގޮސް ގޯތިކުދިންކޮލު އެޑްމިޓްކުރަންވެސް ޖެހުނީ އެ ފައިސްޓާ ހޮސްޕިޓަލް އެނދުތަކުގަ. ގައުމުން ބޭރު ވެރިން އެ ތަރައްގީ ކޮއްފައިވާ އެއާޕޯޓުން އެ އަލާލާފައިވާ ސަލި ބުރިޖުން ހުރަސްކޮއްލާފަ ދާންމެޖެހެނީ. ތަރައްގީ އަކީ އެއީ. ރައްޔިތުން ނަށް ފެނިފައިވަނީ ނިމިދިިޔަ 5 އަހަރުގެ ބޮޑެތި މަސްއޫރުތައް. އަދި ނިމިގެންވެސް ދަނީ އެ މަސައްކަތްތައް.
23 ޑިސެންބަރ 2020 | ބުދަ 08:55
ޢެގޭ
ކޮންމެ ސަރުކާރަކުންވެސް ފެލިވަރު ތަރަށްގީކުރަން އުޅުނުނަމަ މިހާލަތަކަށް ފެލިވަރު ނުދިޔައީސް.ކޮންމެވެސް ސަރުކާރަކުން ފެލިވަރު ހުއްޓާލާ ފެލިވަރަކީ މީހުންދިރިއުޅޭ ރަށަކަށް ބަދަލުކުރަންވެސްޢުޅުކަންވެސްޢެގޭ.
23 ޑިސެންބަރ 2020 | ބުދަ 08:55
ޢެގޭ
ކޮންމެ ސަރުކާރަކުންވެސް ފެލިވަރު ތަރަށްގީކުރަން އުޅުނުނަމަ މިހާލަތަކަށް ފެލިވަރު ނުދިޔައީސް.ކޮންމެވެސް ސަރުކާރަކުން ފެލިވަރު ހުއްޓާލާ ފެލިވަރަކީ މީހުންދިރިއުޅޭ ރަށަކަށް ބަދަލުކުރަންވެސްޢުޅުކަންވެސްޢެގޭ.
23 ޑިސެންބަރ 2020 | ބުދަ 08:55
ޢެގޭ
ކޮންމެ ސަރުކާރަކުންވެސް ފެލިވަރު ތަރަށްގީކުރަން އުޅުނުނަމަ މިހާލަތަކަށް ފެލިވަރު ނުދިޔައީސް.ކޮންމެވެސް ސަރުކާރަކުން ފެލިވަރު ހުއްޓާލާ ފެލިވަރަކީ މީހުންދިރިއުޅޭ ރަށަކަށް ބަދަލުކުރަންވެސްޢުޅުކަންވެސްޢެގޭ.
23 ޑިސެންބަރ 2020 | ބުދަ 01:41
ރަޝީދު
ޢެސަރުކާރުން ހައްލުކުރިނަމަ މިސަރުކާރު ގެންނަންޖެހުނިސްތަ ކަނޑުކޮހާ
22 ޑިސެންބަރ 2020 | އަންގާރަ 22:51
5 އަހަރު
ގުދޯ ގުދޯ