ކ. މާލެ
|
22 ޑިސެންބަރ 2020 | އަންގާރަ 15:30
މޫސުން ގޯސް ދުވަހަކު ކަނޑު ދަތުރުކުރާ އުޅަނދެއް ދަތުރުކުރަމުން ދަނިކޮށް
މޫސުން ގޯސް ދުވަހަކު ކަނޑު ދަތުރުކުރާ އުޅަނދެއް ދަތުރުކުރަމުން ދަނިކޮށް
ރާއްޖެއެމްވީ
މޫސުން ގޯސްވެ ވައިޓް އެލާޓް ނެރުން
މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ވައިޓް އެލާޓް ނެރެފި
ވައިޓް އެލާޓް ނެރެފައިވަނީ އަންގާރަ ދުވަހުގެ 14:00 ން ފެށިގެން 20:00 އާ ހަމައަށް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި

މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އަންގާރަ ދުވަހުގެ 14:00 ން ފެށިގެން 20:00 ށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި، އަންގާރަ ދުވަހު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ބުދަ ދުވަހު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، ފާއިތުވެދިޔަ ދެ ދުވަހު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް، ވައިގަދަވެ، މޫސުން ގޯސްވެފައިވާތީ އެލާޓުތައް ނެރެފައިވެއެވެ.

- ކޮމެންޓް