Advertisement
ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 08:55
ބުދަ ދުވަހުގެ އަޑުއެހުމަށް ހާޒިރުވެ، ރިޔާޒް ކޯޓުގައި
ބުދަ ދުވަހުގެ އަޑުއެހުމަށް ހާޒިރުވެ، ރިޔާޒް ކޯޓުގައި
ރާއްޖެ އެމްވީ
ސިޔާސީ ބެފުޅުން
ސިޔާސީ ބެފުޅުންގެ މައްސަލަތައް ބަލަނީ ފުލުހުންގެ ވަކި ޔުނިޓަކުން: އަބުދުﷲ ރިޔާޒު
މުޅި ފުލުހުންގެ މުއައްސަސާ ސިޔާސީ ވެފައި
ފުލުހުންގެ ބާރު ނަހަމަގޮތުގައި ބޭނުންކުރަނީ ސިޔާސީ ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް
އެއްވެސް ބޭފުޅަކާ ޒާތީ ކަމެއް ނެތް

ސިޔާސީ ބޭފުޅުންގެ މައްސަލަތައް ބަލަނީ  ވަކި ފުލުހުންތަކެއް ނަގައިގެން ވަކި ޔުނިޓަކުން  ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

 

ބުދަ ދުވަހުގެ މެންދުރުފަހު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރިޔާޒު ވިދާޅުވީ، މުޅި ފުލުހުންގެ މުއައްސަސާ ސިޔާސީ ވެފައިވާކަމަށާއި، ސިޔާސީ ވެރިންނަށް ސީދާ ޓާގެޓް ކުރައްވައިގެން އެބޭފުޅުންނާ ގުޅޭ މައްސަލަތައް ބައްލަވަނީ ފުލުހުންގެ ތެރެއިން އެކަމަށް ހަމަޖައްސާފައިވާ ވަކި ޔުނިޓެއް އެކުލަވާލައިގެންކަމަށެވެ.

 

ފުލުހުންނަށް ގާނޫނީގޮތުން ލިބިފައިވާ ބާރު ހެޔޮގޮތުގައި ބޭނުންކޮށް އެބާރު ނަހަމަގޮތުގައި ސިޔާސީ ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް ބޭނުން ނުކުރުމަށް ރިޔާޒު ގޮވާލެއްވިއެވެ.

 

 ރިޔާޒު ވިދާޅުވީ، އޮޕޮޒިޝަންއެއް އޮތުމަކީ މިގައުމުގެ ޑިމޮކުރެސީއަށް ވަރަށް މުހިއްމު ބައެެކެވެ. ގައުމު ކުރިއަރާ ތަރައްގީވާންޖެހޭނީ އެމީހުންނާއިވެސް އެކުގައިކަމަށް ރިޔާޒް ވިދާޅުވިއެވެ. އެހެންކަމުން ސިޔާސީ ލީޑަރަކަށް އަދި އާއމު ފަރުދަކާއިމެދުވެސް ސިޔާސީ އެއްވެސް ވިސްނުމެއްގައި ދައުވާތައް ނުކުރުމަށް ރިޔާޒްވަނީ ޕްރޮސެކިއުޓާ ޖެނެރަލްއަށްވެސް ގޮވާލައްވާފައެވެ.

 

ރިޔާޒް ވިދާޅުވިގޮތުގައި ސިޔާސީ ހަތަރު ލީޑަރުން އެކުގައި ނުކުންނެވީ އެއްވެސް ބޭފުޅަކާ ޒާތީކަމެއް އޮވެގެނެއްނޫނެވެ. އެހެންނަމަވެސް މިގައުމުގެ ކަންކަން ފާލުން ނައްޓާފައިވާތީއެކަންކަން ހަމައަކަށް އެޅުވުމަށެވެ. ސިޔާސީ ޕާޓީތައް އެކުވެގެންނާއި މަޖިލީހުގެ ތެރެއިންވެސް މިހާރު ކުރައްވަމުން އެ ގެންދަވަނީ އެމަސައްކަތްކަަމަށް ރިޔާޒް ވިދާޅިވިއެވެ.

 ރިޔާޒު ވިދާޅުވީ ޑިމޮކްރެސީއެއްގައި އަބަދުވެސް ސިޔާސީ ނުފޫޒު އޮންނަނޭކަމަށާއި، އިދިކޮޅު ސިޔާސީ ފިކުރަށް އިހުތިރާމްކުރަން ޖެހޭކަމަށެެވެ.

 

" ސިޔާސީ ކޯޅުން އަބަދުވެސް އޮންނާނެ. ވެރިކަމުގައި ތިބޭމީހުންވެސް އެ ކޯޅުން ކޯޅޭނެ" ރިޔާޒް ވިދާޅުވިއެވެ.

 

އޭނާ ވިދާޅުވީ ކޮންމެ ބަޔަކުވެސް ސިޔާސީ ގޮތުން އެބައެއްގެ ނުފޫޒުވަރުގަދަ ކުރަން މަސައްކަތް ކުރާނެއެވެ. އަދި ކޮންމެ ބަޔަކުވެސް އެބައެއްގެ ކޮޅުވަރުގަދަކުރުމަށް މަސައްކަތް ކުރުމަކީ، ގައުމުގައި ހުރި މުއައްސަސާތައް ބޭނުންކޮށްގެން ސިޔާސީ ނުފޫޒު ފޯރުވައި އެބައެއްގެ އަޑުކަނޑުވާލަންޖެހޭ ކަމެއް ނޫންކަމަށް ރިޔާޒް ވިދާޅުވިއެވެ.

 

ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށާއި ގައުމުގައި ހުރި އެކި އެކި މިނިވަން މުއައްސަސާތަކުންވެސް ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއިއެކި ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްދެއްވުމަށް ރިޔާޒްވަނީ ގޮވާލައްވާފައެވެ.

 

ރިޔާޒު ވިދާޅުވިގޮތުގައި މިއަދު މިގައުމުގެ އެންމެހައި ރައްޔިތުނަަށާއި ސިޔާސީ ބޭފުޅުންނަށްވެސް ބޭނުންވަނީ، އަދުލު އިންސާފު ގާއިމްވެ ޔަގީންވުމެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް