Advertisement
ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 04:59
އއ.ރަސްދޫ ބަނދަރުމަތީގައި މަސްވެރިއަކު ހިތްހަމަ ނުޖެހި މިނިސްޓަރ ޝައިނީއާ ވާހަކަ ދައްކަނީ
އއ.ރަސްދޫ ބަނދަރުމަތީގައި މަސްވެރިއަކު ހިތްހަމަ ނުޖެހި މިނިސްޓަރ ޝައިނީއާ ވާހަކަ ދައްކަނީ
ޓްވިޓަރ
މަސްވެރިންގެ ނުރުހުން
މިނިސްޓަރ ޝައިނީ އަށް މަސްވެރިއެއްގެ ހޫނު ބަސްތަކެއް
މަސްވެރިންގެ ޝަކުވާއަކީ ބެޔަސް ނުބެޔަސް ދޭންބުނި ފައިސާ ލިބެނީ ކިހިނެއްތޯ
ކަންނެލީގެ އަގު ދައްވުން މަސްވެރިން ހިތްހަމަ ނުޖެހޭ ކަމަކަށް
ވާޙަކަތައް ހޫނުވެގެން ދިޔައިރު ޝައިނީ ކަންބޮޑުވެފައި

ފޯމު ފުރާ ފުރާ ކަރުދާސް ހުސްވެއްޖެ ކަމަށް ބުނެ ރަސްދޫ މަސްވެރިޔަކު ހޫނު ކޮށް މިނިސްޓަރ ޝައިނީއަށް ހިތް ހަމަ ނުޖެހުން ފާޅު ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމު ވެއްޖެއެވެ.

ރަސްދޫ ބަނދަރުމަތީގައި ހިނގި މި ހާދިސާގައި މަސްވެރިޔާ ޝަކުވާ ކުރަމުންދާ ކަމަށް ފެންނަނީ މަސްވެރިންނަށް ބެޔަސް ނުބެޔަސް ސަރުކާރުން ދޭން ވައުދުވި ދިހަ ހާސް ރުފިޔާގެ މައްސަލައިގައެވެ.

ފޯމު ފުރާފުރާ ކަރުދާސް ހުސްވި އިރު އެބުނާ ފައިސާ ލިބުނީ ކޮން ބަޔަކަށްތޯ ހިތްހަމަ ނުޖެހިފައި ހުރި މަސްވެރިޔާ މިނިސްޓަރ ޝައިނީ އަށް ދަންނަވައެވެ.

ވަރަށް ހިތްހަމަ ނުޖެހި ހޫނުކޮށް ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރޭގައި ތިޔަ ބުނާ ލާރިއެއް ކިތައް ބައިމީހުން ނަގަމުންދޭތޯ މަސްވެރިޔާ މިނިސްޓަރ ޝައިނީ އަރިހުން އަހަމުން ދެއެވެ.

"ކިތައް ދޯނި؟ ކިތައް މީހުން؟ ކިތައް ސަތޭކަ ދޯނި ދިވެހި ރާއްޖޭގައި މަހައް ފުރާ އެބަ؟" މަސްވެރިޔާ ބުނަމުން ދިޔައެވެ.

މަސްވެރިޔާގެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި، ހާސްވެފައި ހުންނެވި، މިނިސްޓަރ ޝައިނީ، އޭނާ ގާތު އައްސަވަނީ މަހަކު ކިހާވަރެއްގެ އާމްދަނީ އެއް ލިބޭތޯއެވެ.

"މަހަކު ކިހާވަރެއް ލިބޭ އާމްދަނީއަށް؟ ރީއްޗަށް ބުނާނި ރީއްޗަށް ބުނާނި". މަސްވެރިއާ އަށް ޝަހާދު އިނގިލިން އިޝާރާތް ކުރައްވަމުން މިނިސްޓަރ އެއްސެވިއެވެ.

މަސްވެރިޔާ ބުނީ މަހަކު ލިބެނީ އެކި ވަރު ކަމަށެވެ.

އެވްރެޖް ކޮށްލީމަ ލިބެނީ ކިހާވަރެއްތޯ ޝައިނީ އައްސަވައެވެ.

އޭގެ ޖަވާބުގައި މަސްވެރިޔާ، އަށް ހާސް ދިހަ ހާސް ލިބޭ ކަމަށް ބުނެ ވާހަކަ ދައްކަމުން ދަނިކޮށް މިނިސްޓަރ ޝައިނީ ކަލޭ ދޮގު ހަދައިފިއްޔާ އޭ ބުނާ ހިސާބުން ވީޑިއޯ ނިމުމާއެކު އިތުރަށް ކަންވީ ގޮތެއް ސާފެއް ނުވިއެވެ.

 

މިނިސްޓަރ ޝައިނީ ބުދަ ދުވަހު މެންދުރު ކުރިން ރަސްދޫ އަށް ވަޑައިގެން އެރަށު ފަޅުގައި އޮތް ކަންނެލި އޮޑިއަކަށް އެރުއްވުމުންވެސް ކަންނެލީގެ އަގު ދައްވެފައިވާ މައްސަލައިގައި ބައެއް މީހުން ވަނީ ވަރަށް ހިތް ހަމަ ނުޖެހި މިނިސްޓަރ ޝައިނީއަށް އަމާޒު ކޮށް ޝަކުވާ ކޮށްފައެވެ.

 

މި ހިނގައިދިޔަ ކަންކަމުގެ ފަހުން ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ވަރުބަލި ދަތުރަކަށް ފަހު މަސްވެރިން ލެފުމުން ބައްދަލުވާ ވަގުތަކީ އަޅައިގަންނަ ކަންތައްތަކެއް ހިނގާނެ ވަގުތެއް ކަމަށާއި އެހެންނަމަވެސް އެއީ ބިނާ ކުރަނިވި ބައްދަލުވުމެއް ކަމަށެވެ.

 

އެ ޓުވީޓަށް ރައްދުދީ ބައެއް އާއްމުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، މިއީ ބިނާކުރެނިވި ބައްދަލުވެއް ނޫން ކަމަށާއި މަސްވެރިން ތިބީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ފޫހިވެ ހިތްހަމަ ނުޖެހިފައި ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
29 އޭޕްރިލް 2017 | ހޮނިހިރު 22:53
ޙުސައިން
އޮޑިއަށްއެރި ރަސްދޫ ސޮރުގެ ކުޑަކަމުދާ އެއްޗެތި ޓެސްޓްކޮށްލިނަމަ، ޔަޤީން އަންނި އެ ބުނާ ބޮވެންޖެހޭނެ އެއްޗިއްސަށް ޕޮޒިޓިވް ވީސް ކަން. ސާބަސް ޑޮކްޓަރ ޝައިނީ. ތިޔައީ ރައްޔިތުންގެ އިޙްސާސް ތަކަށް ކެރިލައްވައިގެން ކުރިމަތި ލެއްވުމުގެ ޤާބިލުކަން ހުރި ބޭފުޅެއް.
28 އޭޕްރިލް 2017 | ހުކުރު 12:02
Lam
Minister vx haadha reehchey dhw raithunnaa vaahaka dhahkaa goiyy ingili dhihkohfa Kae kiyaigen boahalaaku. Mas weriya thiya kuri hiyy varah saabas thi dhivehi mas werin nakee
28 އޭޕްރިލް 2017 | ހުކުރު 02:14
އިދުރީސް
ނަސީބެއްނު ބޮލަށް ސިގެރޭޓު ނުވާނުލިކަން
27 އޭޕްރިލް 2017 | ބުރާސްފަތި 12:13
zul
Thandhoru balaafa habaru liyebala. Aee Rasdhoo masveri eh noon. Rasdhoo falhu thereyga oi ehen rashehge dhoanyeh aee.Mees meehun badhunaamuu kuran ulhunas bodu varu
27 އޭޕްރިލް 2017 | ބުރާސްފަތި 11:33
ނައިފަރު ޒުވާނާ
ރަނގަޅަށް ބެއްލެވުމަށްފަހު ޚަބަރު ލިއުއްވާ! މީ ނައިފަރު މަސްވެރިއެއް.
27 އޭޕްރިލް 2017 | ބުރާސްފަތި 08:05
މަސްވެރިޔާ
ސާބަހޭ ކަލޯ ތިޔައީ ކެރޭ މަސްވެރިއެއް!
27 އޭޕްރިލް 2017 | ބުރާސްފަތި 06:35
ބާބު
ތިޔަބުނާދިހަހާސްރުފިޔާއެއްނުދޭނެ
27 އޭޕްރިލް 2017 | ބުރާސްފަތި 02:33
ޑަންހިލް މޭން
ޙެޔޮފުޅުކަމުން ކޮންމެ އޮޑީއަކަށް އެވެސް ސަރުކާރުން 1300 ކިލޯ! ފެން އަޅައިގެން ދުއްވާފަ ގޮސް.. . ސުކުރިޔާ ޔާސްމީނު