Advertisement
ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 03:30
ޑރ މައުސޫމް ބުދަދުވަހުގެރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ މައުސޫމް ބުދަދުވަހުގެރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ޓްވިޓަރ
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ
ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް
ވައުދު ތަކެއް ނުފުއްދޭ
ބޮމުގެ ވާހަކައަކީ ހަތުރު އުދަރެސް ފެނުޖެހިގެން ދުއްވާ ދެބޯގެރި
ސަރުކާރު ވަނީ ގޮތް ހުސްވެފައި

ރާއްޖެ އިސްލާހު ކުރުމަށްޓަކައި ގުޅިފައިވާ ޕާޓީތަކުގެ 4 ލީޑަރުން ގުޅިގެން މަސައްކަތް ފެށުމާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހި އަތުންފައިން ގޯސް ހަދަން ފަށާފައިވާކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ ޑރ ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

 

ޑރ މައުސޫމް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫޒްގައި ބުދަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

 

ޑރ މައުސޫމް ވިދާޅުވީ ސަރުކާރުން ކަންކުރާ ގޮތުން ބޭރު ދުނިޔެއިން އެއްޗެއް ބުނާއިރަށް އެފަރާތްތަކާ ދެކޮޅަށް ބަސްބުނަމުންދާ ކަމަށާއި، އެފަރާތްތަކަށް ފާޑު ކިޔަމުންދާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކަންކަމާ ބެހުމުން އެމީހުން ގޯސްވެފައި، އެހީއެއް ބޭނުންވުމުން އެފަރާތްކަށްވުރެ ރަނގަޅު ބައެއް ނޫޅޭ ކަމަށެވެ.

 

ޑރ މައުސޫމް ވިދާޅުވީ މިހާލަތުގައި ޤައުމުއޮންނާތީ އެގޮތައް ދޫކޮށްލެވެން ނެތިގެން ރާއްޖޭގެ އެންމެ ތާއީދު ބޮޑު ހަތަރު ލީޑަރުން އެމީހުންގެ ސިޔާސީ ވިސްނުން އެއްކައިރިކޮށް ޤައުމަށް ޓަކައި ގުޅިގެން މަސައްކަތް ފެށިކަމަށެވެ.

 

"އެމަސައްކަތް ފެށުމާއެކު ސަރުކާރު އެވަނީ ހަތަރު އުދަރެސް ފެނުޖެހިފައި. ފެނުޖެހިގެން އެހަދަނީ އަތުންފައިން ގޯސް. އެގޯސް ހެދުމުގެ ގޮތުން އެދުއްވަނީ ދެބޯގެރި." ޑރ މައުސޫމް ވިދާޅުވިއެވެ.

 

ޑރ މައުސޫމް ވިދާޅުވީ ބޮންގޮއްވާ ވާހަކައާއި އެފަދަ ތާކުންތާކު ނުޖެހޭ ވާހަކަތައް ދައްކަމުން ދަނީ ދެބޯގެރި ދުއްވަމަށް ކަމަށާއި ބޭނުމަކީ އިސްލާހީ މަސައްކަތައް ކުރެވޭ އަޑުކަނޑުވާލާ މުޅިން އެހެން ދިމާލަކަށް ރައްޔިތުން އަނބުރާލުން ކަމަށެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރައްވާފައިވާ  ޑރ. މައުސޫމް ވިދާޅުވީ އިދިކޮޅު ގުޅިފައިވާ ހަތަރު ލީޑަރުން ގާތްގަނޑަކަށް އެވަނީ ބަންދުކޮށްފައި ކަމަށާއި ދެބޯގެރި ދުއްވިއަސް އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

 

ޑރ މައުސޫމް ވިދާޅުވީ ފުޓްބޯޅަ މެޗްގައިވެސް ފެއަރޕްލޭ އޮންނަ ފަދައިން ކޮންމެކަމެއްގައިވެސް ފެއަރޕްލޭ އޮންނަ ކަމަށާއި ކިތައްމެ ވަރަކަށް ހަތަރު އުދަރެސް ފެނުޖެހުނު ކަމުގައި ވިއަސް އެފެއަރޕްލޭ އޮންނަން ވާނެ ކަމަށެވެ.

 

ޑރ މައުސޫމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަކީ ވަރަށް މުހިއްމު އިންތިޚާބެއް ކަމަށާއި ސަރުކާރުން ވެރިކަމަށް ވެފައިވާ ވައުދުތައް ފުއްދިފައި ނުވާކަން އެންމެންނަށް އެނގޭކަން އަދި ސަރުކާރުން ކުރަމުންދާ ނޭއްގާނީ ކަންތައްތައް ބަލައިނުގަންނަކަން ހާމަ ކުރުމަށް އެއިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް